ads
ޗައިނާ ސިފައިންނާއި މުސްލިމުން-- ފޮޓޯ: ޔަހޫ ނިއުސް
ޗައިނާއިން މުސްލިމުންނާ މެދު އަމަލު ކުރާ ގޮތާ ދެކޮޅަށް އެމެރިކާއިން ބިލެއް ފާސްކޮށްފި
ޗައިނާގެ އުއިގްހޫރް މުސްލިމުންނާ މެދު އެ ގައުމުން އަމަލު ކުރަމުންދާ ގޮތާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސް އިން ބިލެއް ފާސްކޮށްފި އެވެ.
ޗައިނާގެ އުއިގްހޫރް މުސްލިމުންނާ މެދު އެ ގައުމުން އަމަލު ކުރަމުންދާ ގޮތާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސް އިން ބިލެއް ފާސްކޮށްފި އެވެ.

އެ ބިލުގެ މަގުސަދަކީ ގާނޫނާއި ހިލާފަށް މުސްލިމުން ހައްޔަރުކޮށް، އަނިޔާކޮށް، ފުރައްސާރަ ކުރުން ހުއްޓުވުން ކަމުގައި ކޮންގްރެސްގެ މެމްބަރުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ޗައިނާގެ އެކި ފަރާތްތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް އެ ބިލުގައި ވެއެވެ. އޭގައި ވަނީ ކޮމިއުނިސްޓް ޕާޓީގެ ޒިންޖިއާންގް ސަރަހައްދުގެ ސެކެޓްރީގެ ނަން ވަކިން ލިޔެފަ އެވެ. އޭގެ އިތުރުން ވެސް ޗައިނާ ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހިމަނާފައި ވެއެވެ.

ކޮންގްރެސް އިން އެ ބިލް ފާސް ކުރި ނަމަވެސް، އެއަށް އަމަލު ކުރެވޭނީ ސެނެޓުން ފާސްކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރެއްވުމުންނެވެ.

ޗައިނާއިން ނުރުހުން ފާޅު ކުރުމަށް ފަހު ބުނެފައި ވަނީ އެއީ އެގައުމުގެ ދާހިލީ ކަމެއްގެ ތެރެއަށް އެމެރިކާއިން ވަނުން ކަމަށެވެ.

އިއްޔެ ވެސް އެމެރިކާއިން ވަނީ ޗައިނާއާ ދެކޮޅަށް ބިލެއް ގާނޫނަކަށް ހަދާފަ އެވެ. ޓްރަމްޕް ތަސްދީގު ކުރެއްވި އެ ބިލަކީ ހޮންކޮން ގައި ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންގެ ހައްގުގައި އުފެއްދި ގާނޫނެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް