ads
މެލޭޝިއާއަށް ދިޔަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
މެލޭޝިއާއަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި މިއަދު ދިހަ މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން އަށް މީހުންނަކީ އެކި ގައުމުތަކުން އެގައުމަށް ދިޔަ މީހުންނަށް ބުނެފަ އެވެ. 

އޭގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާއަށް ނިސްބަތްވާ ތިން މީހަކާއި މެކްސިކޯގެ މީހެއްގެ އިތުރުން ރާއްޖެއަށް ނިސްބަތްވާ އެކަކެވެ. އަދި މެލޭޝިއާގެ ސްޓޭޓެއް ކަމަށްވާ ސަރަވަކަށް ނިސްބަތްވާ ތިން މީހަކު ވެސް ޕޮޒިޓިވްވެފައިވެ އެވެ. 

މެލޭޝިއާ އަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނި ނަމަވެސް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އަދި އެކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. 

މިމަހުގެ 21 ވަނަ ދުވަހު ވަނީ ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަނބުރާ މެލޭޝިއާއަށް ނުދެވި ތިބި 50 ދިވެހި ދަރިވަރަކު އެގައުމަށް ގޮސްފަ އެވެ. އެކަމަކު ޕޮޒިޓިވްވެފައި ވަނީ އެތަނުން ދަރިވަރެއްކަން ސީދާ ޔަގީން ކުރެވިފައެއް ނުވެ އެވެ. 

މީގެ ކުރިން ވެސް ވަނީ މެލޭޝިއާގައި އުޅެމުން އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް