ads
ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު
މުޒާހަރާ ނުކުރުމަށް ފުލުހުން އެދިއްޖެ
ކޮވިޑް19ގެ ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގެ އެއްވެސް ހިސާބެއްގައި މުޒާހަރާ ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މިދަނޑިވަޅުގައިވެސް ބައެއް ފަރާތްތަކުން އިހުތިޖާޖު ކުރަން ނިންމަފައިވާ ކަމަށެވެ.

އަދި މިހާލަތަކީ އިހުތިޖާޖު ކުރަންވީ ހާލަތު ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ. މިހަލުތު އޮތް ގޮތުން ވެއްޖިޔާ މިފަދަ އިހުތިޖާޖުތައް ކުރުމަކީ ހުއްދަކަމެއްވެސް ނޫން ކަމަށް ޝަރީފް ވިދާލުވިއެވެ.

އެހެންވީމާ މިހަ ދަތި ހާލަތެއްގައި ތިބި އިރު މުޒާހަރާތައް ކުރުމަށްޓަކާ މަގުުމައްޗަށް އެއްވެ އުޅުމަކީ ނުރައްކާތެރިކަމެއް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އޭގެ ބަދަލުގައި ސިއްހީގޮތުން އާންމު ހާލަތަކަށް ދެވޭނެ ގޮތަކަށް ހުރިހާ ރައްޔިތުންގެ އަމަލުތައް ބެހެއްޓުން އެދޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިފަދަ ހާލަތެއްގައި ވަނިކޮށް މުޒާހަރާތައް ކުރުމުން އޭގެ ނުރައްކާ ފުލުހުންނަށްވެސް އެބައޮތް ކަމަށެވެ. އެގޮތުން ފުލުހުންވެސް ކަރަންޓިން ކުރަންޖެހި އައިސޮލޭޓޤ ކުރަންޖެހޭ ހިސާބަށް ހިނގައިދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިދަނޑިވަޅުގައި މުޒާހަރާ ނުކުރުމަސް ފުލުހުްނ އެދިފައިވާ އިރު އިދިކޮޅު ފަރަތްތަކުން ވަނީ މާލެ ސަރަހައްދު ފިޔަވާ އަތޮޅުތަކުގެ އެހެން ހުރިހާ ރަށެއްގައި މުޒަހަރާ ކުރުމަށް ނިންމާފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ބުނީ މިސަރުކާރުން ދިވެހިރާއްޖެ ދަރަނިވެރި ކުރުވާ ރާއްޖޭގެ ހަރުމުދާތައް މޯގޭޖު ކޮށްގެން ލޯނު ނަގަމުން ދާތީ އެކަމާ ދެކޮޅަށް މާލެ ސަރަހައްދު ފިޔަވާ އަތޮޅުތެރޭގެ އެހެން ހުރިހާ ރަށެއްގައި "ރާއްޖެ ވިއްކުމާ ދެކޮޅަށް" މިނަމުގައި މުޒާހަރާ ކުރުމަށް ނިންމާފައިވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް