ads
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު-- ފޮޓޯ: މަޖިލިސް
ނިޔާޒު، ގާސިމަށް: ގާނޫނު އަސާސީއާ ހިލާފު ބިލެއް ސަރުކާރުން ނުފޮނުވާނެ
ގާނޫނު އަސާސީއާ ހިލާފު ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވާނެ ކަމަށް ވިދާޅުވެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް މިއަދު ރައްދު ދެއްވައިފި އެވެ.
ގާނޫނު އަސާސީއާ ހިލާފު ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވާނެ ކަމަށް ވިދާޅުވެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް މިއަދު ރައްދު ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވަނީ ކައުންސިލް ގޮނޑިތަކުން އަންހެނުންނަށް ހާއްސަ ކޯޓާއެއް ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ސިފަ ކުރައްވާފަ އެވެ.

"އެހެން އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލަޔަކުން، ވަކި ނަސަބަކުން، ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް. އެހެންވީމަ ދެ ޖިންސުގެ ދެމެދުގައި ވެސް އެ ތަފާތު ގެނައުމަށް، ވަކި ބަޔަކަށް ވޯޓް ހޯދުމުގެ ބޭނުމުގައި ވެސް ވަކި ޕަސެންޓެއް ކަނޑައަޅާ ދިނީމާ...،" ގާސިމް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރު ނިޔާޒް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން އޭނާ މަޖިލީހަށް ހުށަހެޅީ އެ ބިލް ގާނޫނު އަސާސީއާ ހިލާފު ނުވާނެކަން ކަށަވަރުކޮށްފައި ކަމަށެވެ.

"ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ބިލެއް މަޖިލިހަށް ހުށަހަޅާނެ ކަމަށް ގަބޫލެއް ނުކުރަން. އެ ބިލް ސަރުކާރު ފަރާތުން އަޅުގަނޑު ހުށަހެޅީ ގާނޫނު އަސާސީއާ ހިލާފު ނުވާކަން ކަށަވަރުކޮށްފައި،" ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ކޮމިޓީ މަރުހަލާއަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވާއިރު، އެ ބިލުގައި ބުނެފައި ވަނީ ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރަން ޖެހޭނެ ކަމަށެވެ. ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ އެ އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް