ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ކޮވިޑުގެ ސަބަބުން އުފެއްދުންތެރިކަން އެންމެ ބޮޑަށް ވެއްޓުނު ފަސްވަނަ ގައުމަކަށް ރާއްޖެ
ދުނިޔޭގައި ފެތުރިފައިވާ ބަލިމަޑުކަމުގެ ސަބަބުން ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން ފަސްވަނައަށް އެންމެ ބޮޑަށް ވެއްޓުނު ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

އެމެރިކާގެ ވިސާ ވެއިވާ ކުންފުނި "އެސްޓާ" އިން ކުރި ދިރާސާއިން ހޯދި ގޮތުގައި ކޮވިިޑް-19 އާ ގުޅިގެން ރާއްޖޭގެ ޖީޑީޕީ ވަނީ 6.9 ޕަސަންޓު ދަށްވެފަ އެވެ.

އެންމެ ބޮޑަށް ޖީޑީޕީ ވެއްޓުނު ގައުމަކީ ޓާކްސް އެންޑް ކެއިކޯޒް އައިލެންޑް އެވެ. އެ ލިސްޓަށް މައުލޫމާތު ނަގާފައި ވަނީ ވޯލްޑް ބޭންކާއި ވޯލްޑް ޓޫރިޒަމް ކައުންސިލުންނެވެ. 

އެންމެ ބޮޑަށް ޖީޑީޕީ ދަށްވި ގައުމުތަކަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމުތަކެވެ. ލޮކްޑައުން އަށް ފަހު ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލީ ޖުލައި 15 ގައެވެ. 

އެކަމަކު އަދިވެސް ބުކިން ހަދަމުން ދަނީ މަދު ފަތުރުވެރިންނެވެ. އޭގެ އިތުރުން ގެސްޓުހައުސް ސިނާއަތް އަދިވެސް އޮތީ ހުއްޓިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް