ads
އެމްއެންޑީއެފް އުޅަނދެއް--
މަސްވެރިކަން ކުރަން ނިކުމެ އުޅުނު ޒުވާނެއް ޒަހަމްވެއްޖެ
މަސްވެރިކަން ކުރަން ނިކުމެ އުޅުނު ޒުވާނަކަށް ޒަހަމްތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މަސްވެރިކަން ކުރަން ނިކުމެ އުޅުނު ރޯދި ދޯނީގެ ފަޅުވެރިއަކު ދޯނީގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓަން އުޅެނިކޮށް ބުރަފަތީގައި ޖެހިގެން ކަމަށެވެ.

އެގޮތުން ބުރަފަތީގައި އޮޅުނު ވާ ނައްޓަން ޒުވާނާ އުޅެނިކޮށް ކެޔޮޅު އަތުން އޮޅިގެން ގިއަރަށް ލެވިގެން ފައިގެ ފަލަމަސްގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

25 އަހަރުގެ މި ޒުވާނާ މިހާރު އެމްއެންޑީއެފް ސައުތު އޭރިއާ ކޯސްގާޑުގެ އެހީތެރިކަމާއިއެކު ފަރުވާއަށް ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. 

ގދ. ތިނަދޫ 16 ނޯޓިކަލް މޭލް އިރުން 25 ފަޅުވެރިންނާއިއެކު މަސްވެރިކަން ކުރަން ނިކުމެ އުޅުން ދޯނީގައި ހިނގި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 6:25 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް