ads
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (ކ) އަދި އަހްމަދު އިމާދު-- ފޮޓޯ: މަޖިލިސް
ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ރައީސް ފޮނުވި ނަމާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ރައީސުލްޖުމްހޫރިޔާ ނަން ފޮނުއްވާފައިވާ ފަރާތާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މަޖިލިހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ރައީސުލްޖުމްހޫރިޔާ ނަން ފޮނުއްވާފައިވާ، އަހްމަދު އިމާދު، ދިޔަވަރު/ ބ. އޭދަފުށި، އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންވުމުން އަހްމަދު އިމާދު އާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، މިމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ޝަކުވާ ހުށަހަޅަން އެދޭކަަމަށް އެ އިދާރާއިން ބުނެ އެވެ.

އަދި ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމެޓީގެ އީމެއިލް އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުން އެދޭކަމަށްވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ރައީސުލްޖުމްހޫރިޔާ ނަން ފޮނުއްވާފައިވާ ފަރާތާ ގުޅޭގޮތުން އާމުންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލާފައި މިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ފަރާތުގެ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ފޮނުއްވައި، އެކަން އިއުލާނުކޮށްފައިވާތީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް