ads
އެފްރިކާ ބައްރުން ޕޯލިއާ ނައްތާލެވުން---
އެފްރިކާ ބައްރުން ޕޯލިއޯ ނައްތާލެވިއްޖެ
އެފްރިކާ އިން ޕޯލިއޯ ނައްތާލެވިފައިވާކަން ދަ އެފްރިކާ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އިއްޔެ އެފްރިކާ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން އެކަން އިއުލާންކޮށްފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަރާތުން ބޭއްވި ހަފުލާއެއްގަ އެވެ. އެގޮތުން އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާގައި ޕޯލިއޯގެ ކޭސްއެއް އެންމެ ފަހުން ފެނުނުތާ ހަތަރު އަހަރު ފަހުން، އެފްރިކާ ބައްރަކީ ޕޯލިއޯ ނައްތާލެވިފައިވާ ބައްރެއްކަން ކަނޑައެޅުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓާ ޖެނަރަލް ޑރ. ޓެޑްރޯސް އަދާނޮމް ވަނީ އެކާމިޔާބީއަށް ވާސިލުވުމަށް މަސައްކަތްކުރި ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ޑަބްލިއުއެޗްއޯގެ ފަރާތުން ފާހަގަކުރާ ގޮތުގައި މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި އެފްރިކާ ބައްރުން ސްމޯލްޕޮކްސް ނައްތާލެވުނު ފަހުން ވައިރަހެއް ނައްތާލެވުނު ފުރަތަމަ ފަހަރެވެ.

ޕޯލިއޯގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. އެ ބަލި ޖެހުމުން ހަޑިގަނޑުގެ ވާގި ދޫވެ، ނޭވާލާ ނިޒާމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެ އެވެ. އަދި އެކަމުގެ ސަބަބުން ބައެއް ފަހު މަރުވާން ދިމާވެ އެވެ. 

މީގެ ގާތްގަނޑަކަށް 25 އަކަށް އަހަރުކުރިން އެފްރިކާގައި އެތައް ބަޔަކަށް ޕޯލިއޯ ޖެހުނެވެ. އެކަމަކު 2015 ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގައި ޕޯލިއޯ އޮތް ގައުމުތަކުގެ ލިސްޓުން ނައިޖީރިއާ އުނިކުރުމަށް މަސައްކަތް ފެށިތަނާހެން އެގަައުމުން ވަނީ ކުއްޖަކަށް އެ ބަލި ޖެހިފަ އެވެ. 

އެކަމަކު މިފަހަރު މި ލިބުނު ކާމިޔާބީ ފާހަގަކޮށް، ޑރ. ޓެޑްރޯސް ވަނީ އެއީ އާންމު ސިއްހަތުގެ ދާއިރާއިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވިދާޅުވެފަ އެވެ.

އެފްރިކާގެ ހުރިހާ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިންދީގެން ބަލި ނައްތާލެވިފައިވީނަމަވެސް އެކަމަށް ސަމާލުވުމަށް އަދިވެސް ސިއްހީ މާހިރުން ލަފާދެ އެވެ. 

މިހާރު ޕޯލިއޯ އޮތީ އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް