ads
ޖުވެނައިލް ކޯޓް--
ކުޑަކުދިން ކުށް ކުރުން މަދުވި ނަމަވެސް ނުރައްކާތެރި ކުށްތައް އިތުރުވެއްޖެ: ރިޕޯޓް
ކުށްތަކަށް އަރައިގަންނަ ކުޑަކުދިންގެ މައްސަލަތައް 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު މަދުވި ނަމަވެސް، ކުޑަކުދިން ނުރައްކާތެރި ކުށްތައް ކުރުން އިތުރު ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ރިޕޯޓަކުން ދައްކައިފި އެވެ.

އުމުރުން 18 އަހަރު ނުވާ ކުދިން ކުރާ ކުށްތައް 2019 ވަނަ އަހަރު އެ ޔުނިޓަށް ހުށަހެޅުނު މިންވަރުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓުން ހާމަވާ ގޮތުގައި މިދިޔަ އަހަރު ވަނީ ކުދިން ކުށް ކުރާ މިންވަރު މަދުވެފަ އެވެ. 

އެގޮތުން 2017 ވަނަ އަހަރު 405 މައްސަލަ ހުށަހެޅިއިރު، 2018 ގައި ހުށަހަޅާފައި ވަނީ 349 މައްސަލަ އެވެ. އަދި ނިމިދިޔަ 2019 ވަނަ އަހަރު ހުށަހެޅީ 312 މައްސަލަ އެވެ. 

ކުޑަކުދިން ކުށް ކުރާ މިންވަރު ޖުމްލަ ގޮތެއްގައި މަދުވި ނަމަވެސް، ފާއިތުވި އަށް އަހަރުގެ ތެރޭގައި މާރާމާރީ ފަދަ ނުރައްކާތެރި ކުށް ކުރުމުގައި ކުޑަކުދިންގެ ބައިވެރިވުން އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

"މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން ދާކަން ފާހަގަކުރެވޭ. މިފަދަ ނުރައްކާތެރި އަމަލުތަކުގައި ކުޑަކުދިން ބައިވެރި ކުރުވާކަން ނުވަތަ އެކުދިންނަށް އިސް ދައުރެއް އަދާކުރުމަށް ޝާމިލުކުރުވަމުން ދާކަންވެސް ފާހަގަކުރެވޭ،" ރިޕޯޓުގައި ވެއެވެ. 

މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 93 އިންސައްތައަކީ ފިރިހެން ކުދިން ކަމަށާއި، ކުށުގެ ވެށީގައި އުޅޭ ކުދިންގެ ތެރޭގައި ސްކޫލަށް ދިޔުން ހުއްޓާލާފައިވާ ކުދިންނާއި، އާއިލާ ރޫޅިފައިވާ ނުވަތަ މައިންބަފައިން މަރުވެފައިވާ ކުދިން ގިނަ ކަމަށް ރިޕޯޓުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް