ads
އޭއެފްސީ ކަޕުގައި މާޒިޔާ
އެޗްޕީއޭގެ ހުއްދައާއި އެކު މާޒިޔާއިން ޕްރެކްޓިސް ފަށައިފި
އެޗްޕީއޭގެ ހުއްދައާއި އެކު މާޒިޔާއިން އޭއެފްސީ ކަޕަށް ޕްރެކްޓިސް ފަށައިފިއެވެ. މާޒިޔާއިން ޕްރެކްޓިސް ކުރަމުން އަންނަނީ ރަސްމީ ބޯޅަ ދަނޑުގައެވެ.

މާލޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލް ވެފައި ނުވިނަމަވެސް މާޒިޔާއިން ޕްރެކްޓިސް ފެށީ އެނގިފައިވާ ގޮތުގައި އެޗްޕީއޭގެ ހުއްދައާއި އެކު އެވެ. މާޒިޔާއިން ހުއްދަ ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުގައިވެސް ކުރިން އެދިފައެވެ.  މައުލޫމާތު ލިބިފައިވާ ގޮތުގައި އޭއެފްސީ ކަޕަށް ޓީސީންވެސް އަންނަނީ ޕްރެކްޓިސް ފެށުމަށް ތައްޔާރުވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޕީއޭ އިން ޕްރެކްޓިސް ކުރަން ހުއްދަ ދީފައިވަނީ އެފްއޭއެމުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދާށެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއާއި ޓީސީ ހިމެނޭ ގްރޫޕުގެ މެޗުތައް މާލޭގައި ކުޅުމަށްވަނީ ނިންމާފައެވެ. އެހެންނަމަވެސް ކޮވިޑުގެ ބިރުވެރިކަމާއި ހެދި ކަނޑައަޅާފައިވާ ގޮތަށް މުބާރާތް ކުރިއަށް ގެންދެވޭނެ ކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް