ads
ހުއިފިލަނޑާގެ ބާވަތެއް—— ފުޓޯ:ސީއެންއެމް
ހުއިފިލަނޑާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުން ހުއްޓާލަނީ
ރާއްޖެއިން އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ހުއްދަ ދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ބުނެފި އެވެ.

އެންވަޔަރަމެންޓު މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ހުއިފިލަޑާގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ދޭ ހުއްދަ ނުދޭން ނިންމާފައިވަނީ ރާއްޖެއިން އާއްމުކޮށް އެކްސްޕޯޓްކުރާ ހުއިފިލަނޑާގެ ބާވަތްތަކުގެ އާބާދީ މަދުވަމުންދާތީ އާއި ހުއިފިލަނޑާ އާލާވާ މިންވަރަށްވުރެ، ހުއިފިލަނޑާ ނަގާ މިންވަރު އިތުރުވެފައިވާތީ ކަމަށެވެ.

އެންވަޔަރަމެންޓު މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން އެކްސްޕޯޓްކުރުމަށް ދޫކުރާ ހުއްދަ ނުދޭން ނިންމާފައިވަނީ ހުފިލަަނޑާގެ ބާވަތްތަކުގެ ތެރެއިން އާންމުކޮށް އެކްސްޕޯޓްކުރާ "ހުދު ބަޓު" އަދި "ކަޅު ބަޓު" އެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހާދާއެއް ކަމަށްވާ، ސައިޓީސް މުއާހަދާއިން ވަނީ އެ ބާވަތްތަކުގެ ހުއިފިލަނޑާގެ އާބާދީ ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކޮށްފަ އެވެ. އެހެންވުމުން ވަކި އުސޫލަކުން އެ ބާވަތްތަކުގެ ހުއިފިލަނޑާ އެކްސްޕޯޓްކޮށް ވިޔަފާރި ކުރެވޭނެގޮތް ހަމަޖެއްސުމަށް އެ މުއާހަދާއިން އަންގާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. 

އެގޮތުން ރާއްޖޭގައި އާއްމުކޮށް ހުއިފިލަނޑާގެ ވިޔަފާރިކުރާ "ހުދު ބަޓު" އަދި "ކަޅު ބަޓު"ގެ ބާވަތްތައް، ވިޔަފާރި އުސޫލުން އެކްސްޕޯޓްކުރެވޭނީ އެ އެކްސްޕޯޓްކުރާ ގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީންދޭ ހާއްސަ ހުއްދައެއް ލިބިގެންކަން ފާހަގަކޮށްފައިވެ އެވެ.

އެ ހުއްދަ ރާއްޖެއިން ދޫކުރާ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެކްސްޕޯޓްކުރުމަށް ދޫކުރާ ހުއްދަ ދޫކުރަން ފަށާނީ އެ ދެ ބާވަތުގެ ހުއިފިލަނޑާ ނަގާ މިންވަރަކީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއްކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެންގުމުން ކަމަށެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ހެދި ރިސާޗުން ދައްކާގޮތުގައި ހުއިފިލަނޑާގެ ބާވަތް ރާއްޖެއިން ނަގާ މިންވަރުގެ އިތުރުއިރު ވަކި އުސޫލެއްނެތި މި ބާވަތްތައް ރާއްޖެއިން ނަގާ އޭގެ ވިޔަފާރި ކުރަމުންދާނަމަ ރާއްޖެއިން މި ބަވާތްތައް ނެތި ދިއުމުގެ ބިރު އެބައޮތެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ހުއިފިލަނޑާ އާލާކޮށް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ހުއިފިލަނޑާގެ ވިޔަފާރީއަކީ ބޮޑު އާންމުދަނީއެއް ލިބޭ ވިޔަފާރީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް