ads
މިނިސްޓަރު އޮޕް ހޯމްއެފެއާޒް އިމްރާން އަބްދު———
އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އުޅެން އިމްރާން ގޮވާލައްވައިފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާއި އެއްގޮތަށް އުޅުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ސައިކަލު ބުރެއް ކުރިއަށް ގެންގޮސްފައިވަނިކޮށް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށް ބޮޑު ފަރަގެއްވާ ކަމަށެެވެ.

އެގޮތުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ވެސް ތަބާވުމަށް މިނިސްޓަރު ގޮވާލައްވަ އެވެ. 

ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވަނިކޮށް އިދިކޮޅުން މިއަދު މާލޭގައި ސައިކަލު ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު ފުލުހުން ވެސް ވަނީ އެކަމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. 

އިދިކޮޅުގެ ޒުވާނުން އިސްނަގައިގެން އެ ސައިކަލު ބުރު ބޭއްވިއިރު ހަރަކާތް ނިންމާލުމުގެ ކުރިން އިދިކޮޅުގެ އިސްވެރިން ވަނީ ޕީޕީއެމް އޮފީސް ކުރިމަތީ ހަރަކާތުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ވެސް ދައްކާފަ އެވެ. 

އާންމުން އެއްވެ އުޅޭ ތަންތަނަށް މާސްކް އަޅައިގެން ނިކުންނަން ޖެހޭއިރު އެ ސައިކަލު ބުރުގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާކާން ފޮޓޯތަކުން ފާހަގަކުރެވެ އެވެ. އަދި ބައެއް މީހުން ތިބީ މާސްކް ދަތްދޮޅު ދަށުގައި އަޅުވާލައިގެންނެވެ. ނޫންނަމަ މާސްކް އަޅާފައިވާ ގޮތުން ނޭފަތް ވެސް ނުފޮރުވެ އެވެ. އަދި އިޖުތިމާއީ ގައިދުރުކަމަށް ވެސް ސަމާލުކަންދީފައި ނުވާކަން ފާހަގަކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް