ads
ބްލެކްޕެންތާ އެކްޓަރު ޗެޑްވިކް--
ބްލެކްޕެންތާ އެކްޓަރު ޗެޑްވިކް ބޯޒްމޭން ކެންސަރު ބަލީގައި މަރުވެއްޖެ
މާވެލް ސުޕަހީރޯ ފިލްމު، ބްލެކް ޕެންތާއިން މަގްބޫލުކަން ހޯދި ހޮލީވުޑުގެ އެކްޓަރު ޗެޑްވިކް ބޯޒްމޭން މަރުވެއްޖެ އެވެ.

އުމުރުން 43 އަހަރުގައި އޭނާ މަރުވީ ކެންސަރު ބަލީގަ އެވެ. އެކަން ހާމަކޮށްފައި ވަނީ ޗެޑްވިކްގެ އާއިލާތިން ނެރުނު ބަޔާނެއްގަ އެވެ. 

އޭނާ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި 42 އައި ގެޓް އޯން އަޕް ހިމެނެ އެވެ. އެކަމަކު އޭނާ މަޝްހޫރުވެފައި ވަނީ 2018 ގައި ބްލެކްޕެންތާ އިންނެވެ. 

އެ ފިލްމަށް ވަނީ 1.3 ބިލިއަން ޑޮލަރު ލިބިފަ އެވެ. އެ ފިލްމު ވެފައި ވަނީ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ ބަޔަށް ނޮމިނޭޓުވި ފުރަތަމަ ސުޕަހީރޯ ފިލްމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް