ads
މެލޭޝިއާގައި މީހުން ކަރަންޓީން ކުރާ ޗެކްޕޮއިންޓެއް--
މި އަހަރު ނިމެންދެން މެލޭޝިއާގެ ބޯޑަރުތައް ބަންދުކޮށްފި
ފަތުރުވެރިންނަށް އެތެރެ ނުވެވޭ ގޮތަށް ކޮވިޑް-19 އާ ގުޅިގެން މެލޭޝިއާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މި އަހަރުގެ ނިޔަލަށް ދިގު ދަންމާލައިފި އެވެ.

ބޮޑު ވަޒީރު މުހްޔިއްދީން ޔަސީން އިއްޔެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި މެލޭޝިއާއިން ވެސް އިތުރު މީހުންނަށް ބަލި ޖެހެމުންދާ ކަމަށެވެ. 

އެގައުމުގައި މިހާތަނަށް 9000 މީހުންނަށް ކޮވިޑް-19 ޖެހިފައި ވާއިރު، 125 މީހުން ވަނީ މަރުވެފަ އެވެ. 

މުހްޔިއްދީން ވިދާޅުވީ ފިޔަވަޅުތައް ދިގު ދަންމާލި ނަަމަވެސް ވިޔަފާރިތަކާއި އާއްމު ދިރިއުޅުމުގެ ހުރަސް ނޭޅޭނެ ކަމަށެވެ. 

އަހަރު ނިމެންދެން ބަންދުކޮށްފައި ހުންނާނީ ނައިޓް ކުލަބުތަކާއި، މުނިފޫހިފިލުވުމުގެ މަރުކަޒުތަކާއި، ބޮޑެތި ކުޅިވަރު އިވެންޓުތަކެވެ. އަދި ބޯޑަރުތައް ވެސް ބަންދުކޮށް، ގައުމަށް އެތެރެވާ މީހުން 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް