ads
ދީޕިކާގެ ޗަޕާކް، އަޖޭގެ ތަންހާޖީއަށް ވުރެ ކުރިއަކަށް ނޭރި!
ބޮލީވުޑުގެ ކުޅަދާނަ ތަރި އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ "ތަންހާޖީ" އާއި ދީޕިކާ ޕަޑުކޯންގެ "ޗަޕާކް" މިހާރު ސިނަމާތަކުގައި ދަނީ ދައްކަމުނެވެ.
ބޮލީވުޑުގެ ކުޅަދާނަ ތަރި އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ "ތަންހާޖީ" އާއި ދީޕިކާ ޕަޑުކޯންގެ "ޗަޕާކް" މިހާރު ސިނަމާތަކުގައި ދަނީ ދައްކަމުނެވެ.

މިދިޔަ ހުކުރު ދުވަހު ޗަޕާކް ނެރުނުއިރު އޭގެ އެއް ދުވަސްކުރިން ތަންހާޖީ ވަނީ ސިނަމާތަކުގައި އަޅުވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗަޕާކަށް އުއްމީދު ކުރެވުނު ވަރުގެ ކާމިޔާބެއް ނުލިބުނެވެ. ފުރަތަމަ ދުވަހު އެ ފިލްމަށް ލިބޭނެ ކަމަށް އުއްމީދު ކުރެވުނު އާމްދަނީގެ 4.77 ކްރޯޑު ދަށް އަދަދެއް އެ ފިލްމަށް ލިބުނުއިރު އިއްޔެގެ ނިޔަލަށް ފިލްމަށް ލިބުނީ 19 ކްރޯޑް ކަމަށްވެ އެވެ.

ތަންހާޖީއަށް ފުރަތަމަ ދުވަހު 15.10 ކްރޯޑް ލިބިގެންދިޔައިރު ފިލްމަށް މިހާރު ވަނީ 60 ކްރޯޑް ރުޕީސް ލިބިފަ އެވެ.

މިދިޔަ އަހަރު ނެރުނު އަޖޭގެ ޓޯޓަލް ދަމާލް އާއި ދޭ ދޭ ފިޔާރު ދޭއަށް ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ލިބިފަ އެވެ.

ތަންހާޖީއަކީ މަލުސާރޭ ކިޔާ ހަނގުރާމަވެރިއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެގޮތުން މި ފިލްމުގައި އަޖޭގެ އިތުރުން ސައިފް އަލީ ހާން އަދި ކާޖޮލްވެސް މުހިއްމު ރޯލުތަކުން ފެނިގެންދެ އެވެ.

ޗަޕާކަކީ ލަކްޝްމީ އަގަރްވާލް ކިޔާ އެސިޑް ހަމަލާގެ ޝިކާރައަކަށްވި އަންހެނެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ސިޓިޒެންޝިޕް ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރުމުން، އިންޑިއާގައި ބަޔަކު އަނިޔާ ކުރި ދަރިވަރުންތައް ނިސްބަތްވާ ޔުނިވާސިޓީއަކަށް ދީޕިކާ ދިއުމާ ގުޅިގެން ފިލްމު ބޮއެކެޓް ކުރުމަށް ވެސް ގޮވާލި އެވެ. އޭގެ ފަހުން ފިލްމަށް ނުދާނެ ކަމަށް ވެސް އެތައް ބަޔަކު ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް