ads
އަބްދުއްރަހީމް
އަބްދުއްރަހީމް 1000 ރުފިޔާ އިން ޖޫރިމަނާކޮށްފި
އިދިކޮޅުން ބޭއްވި ސައިކަލުން ބުރާއި ގުޅިގެން 1000 ރުފިޔާ އިން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ޖޫރިމަނާކޮށްފި އެވެ.

އިދިކޮޅުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން މިއަދު ވަނީ އަބްދުއްރަހީމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. 

އެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމްގެ ގާނޫނީ ވަކީލުން ވަނީ މާސްކް ނާޅާއި އެ ހަރަކާތުގައި ވާހަކަ ދެއްކެވި މައްސަލައާ ގުޅިގެން 1000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި އެމައްސަލައާ ގުޅިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

ވަކީލުން ވިދާޅުވީ ޖޫރިމަނާކުރަން މަސައްކަތް ކުރުމުން އެފަދަ ކަމެއް އަބްދުއްރަހީމް ކުރައްވާފައި ނުވާނެ ކަމަށާއި އެ ހަރަކާތުގައި ވާހަކަ ދައްކަވަމުން އޭނާ ހުންނެވީ އިމާރާތުގެ ތެރޭގައި ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން އެޗްޕީއޭގެ ގަވާއިދުގައި އޮންނަނީ އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް ކަމަށާއި އެކަމަކު އާންމު ތަނެއްގައި އަބްދުއްރަހީމް އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ. 

އެހެންނަމަވެސް 1000 ރުފިޔާއިން ޖޫރިމަނާކުރުމާއި ގުޅިގެން މިހާރު ނިންމާފައިވަނީ ކޯޓަށް ދިއުމަށް ކަމަށް ވެސް ވިދާޅުވި އެވެ. 

"އެހެންނަމަވެސް މިއަދު އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި އަޅުގަނޑުމެންގެ މުވައްކިލު 1000 ރުފިޔާއިން ޖޫރިމަނާކުރީ. އެހެންވީމަ މި މައްސަލައިގައި އަޅުގަނޑުމެން ވިސްނާފައި އޮތީ އެ ޖޫރިމަނާ ފައިސާއަކީ ހަގީގަތުގައި މުވައްކިލު ދައްކަން ޖެހޭ ފައިސާއެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭތީ މި މައްސަލައިގައި ކޯޓަށްދާން،"

އޭގެ އިތުރުން ވަކީލު ސުޖާއު އުސްމާން ވަނީ، ފުލުހުންގެ އިދާރާއަށް އަބްދުއްރަހީމް ހާޒިރުކުރެއްވީ އެއްގޮތަކަށް ވެސް ގާނޫނު އަސާސީއާ ހިލާފުވެގެން ކަމަށް ނުބެލެވެ އެވެ. އެެހެންވެ ގާނޫނީ ބޭފުޅުންނާއި މަޝްވަރާކުރުމަށް ފަހު ޝަރުއީ ކޯޓަށް ވެސް މައްސަލަ ގެންދަން ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް