ads
ބީއެމްއެލް--- ފޮޓޯ:ސީއެންއެމް
ބީއެމްއެލުގެ ހިއްސާއަކަށް 26 ރުފިޔާ ބަހަން ފާސްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާއަކަށް 26 ރުފިޔާ ބަހަން މިއަދު ބޭއްވި އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރި ނަމަވެސް ފައިސާ ބަހާނީ މަޒުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ލިބުމުންނެވެ. 

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން އެމްއެމްއޭއިން އަންގާފައި ވަނީ ބޭންކުތަކުން ހިއްސާގެ ފައިދާ ބަހާ ނަމަ އެކަން އެ އިދާރާއަށް އެންގުމަށެވެ. 

މިދިޔަ އަހަރު ބީއެމްއެލުގެ ސާފު ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ފަހެއް އިންސައްތަ ދަށްވެފަ އެވެ. އެކަމަކު ހިންގުމުގެ ފައިދާ ވަނީ ނުވައެއް އިންސައްތަ ކުރިއަށް ޖެހިލާފަ އެވެ. އެއާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ. 

ބީއެމްއެލުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ނިމުނު އަހަރަކީ ބޭންކަށް ކާމިޔާބު އަހަރެއް ކަމަށާއި ރައުސުލްމާލު ރަނގަޅު މިންވަރެއްގައި ހިފެހެއްޓި، ފުދުންތެރިކަން 40 ޕަސަންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ ބޭންކުގެ ހިދުމަތްތައް ފުޅާކުރަން ޓެކްނޮލޮޖީއަށް އިންވެސްޓު ކުރުން މި އަހަރު އިތުރު ކުރާނެ ކަމަށެވެ. އޮންލައިން އަދި ޑިޖިޓެލް ޕްލެޓްފޯމުތައް ބޭނުންކޮށްގެން މިދިޔަ އަހަރު ވަނީ ބީއެމްއެލުގެ 55 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ހިންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް