ads
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (ކ)-- ފޮޓޯ: މަޖިލިސް
އިތުރަށް ބޮންޑު ވިއްކަން މަޖިލީހުގެ ލަފަޔަކަށް އެދެފި
ބޮންޑު ވިއްކައިގެން އާމްދަނީ ހޯދަން ބަޖެޓުގައި ހިމަނާފައިވާ ވަރަށް ވުރެ އިތުރަށް ބޮޑު ވިއްކުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ގަވަރުނަރު އަލީ ހާޝިމް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި ވިދާޅުވެފައި ވަނީ ބޮންޑު ވިއްކައިގެން ފައިނޭންސް ކުރުމަށް ބަޖެޓުގައި ޖަހާފައިވާ އަދަދަށޤ ވުރެ އިތުރު ނުވާނެ އަދަދު ބަލައިގެން އެކަން ކުރާ ކަމަށެވެ. 

އެކަމަކު ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކުމަށް މަސައްކަތް ކުރާ ބޮންޑާއެކު ބަޖެޓުގައިވާ އަދަދަށް ވުރެ އިތުރުވެދާނެ ކަމަށް އެ ސިޓީގައި ވެއެވެ. 

ގަވަރުނަރު ވިދާޅުވީ އެކަމުގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ގެ ލަފާ ފިނޭންސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އެ ލަފާގައި ވިދާޅުވެފައި ވަނީ ނެޓް ފައިނޭންސިން އަށްވާ ހަ ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އަހަރުގެ ތެރޭގައި ދަރަނި ނެގިދާނެ ކަމަށާއި އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސިން ހަ ބިލިއަން ރުފިޔާއަށް ވުރެ ކުޑަކުރެވިއްޖެ ނަމަ ބަޖެޓާ އެއް ގޮތަށް އަމަލުކުރި ކަމަށް ބެލެވޭނެ ކަމަށެވެ. '

ގަވަރުނަރު މަޖިލީހުގެ ލަފަޔަކަށް އެދިފައި ވަނީ އިތުރަށް ބޮންޑު ވިއްކައިގެން އާމްދަނީ ހޯދަން މެމްބަރުންގެ ރުހުން ހޯދަން ޖެހޭނެތޯ އެވެ. 

ޓީ ނުވަތަ ޓްރެޝަރީ ބޮންޑަކީ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް އެހެން ގައުމަކުން ނަގާ ފައިސާ އެވެ. މި އަހަރުގެ ބަޖެޓުގައި ވަނީ 2018 އިން 2022 އަށް ބޭރުގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން 4.6 ބިލިއަން ރުފިޔާ ފައިނޭންސް ކުރާނެ ކަމަށެވެ. އަދި ރާޢްޖޭގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން 930 މިލިއަން ރުފިޔާ ފައިނޭންސް ކުރާނެ ކަމަށް ހިމަނާފައި ވެއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސިޓީ އިއްވެވުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއަދު ބަހުސް ކުރުމަށް ފަހު ގަވަރުނަރަށް ވަކި އެއްޗެއް އަންގަވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް