ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް މާދަމާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތް މާދަމާއަށް ހައިކޯޓުގައި ތާވަލު ކޮށްފި އެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓިމްގައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު "ސީއެންއެމް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާ ޝަރީއަތް ތާވަލު ކޮށްފައިވަނީ މެންދުރު 13:00 އަށް ކަމަށެވެ. 

ރައީސް ޔާމީންގެ މައްސަލައިގައި އިސްތިއުނާފު އަޑުއެހުމެއް އެންމެ ފަހުން ތާވަލުކޮށްފައިވަނީ އޮގަސްޓް ފަސްވަނަ ދުވަހަށެވެ. އެހެން ނަމަވެސް ރައީސް ޔަމީންގެ އެދިވަޑައިގަތުމަށް އެދުވަހުގެ އަޑުއެހުން ކެންސަލް ކުރީ އެވެ. 

ވޮޑަމުލާ ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ އަންނަނީ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އިތުރު ދެ ދައުވާއެއްވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ވަނީ އުފުލާފައެވެ. އެއީ ރ. ފުއްގިރި ކުއްޔައް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް