ads
މަޝްވަރާ ބައްދަލުވުން ބާއްވާ ގއ. ވިލިނގިލި -- ފޮޓޯ: ވިލިނގިލި / ޓްވީޓާ
ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހާ ރަށަށް ނޭރުވުމުން އެކަން ކުށްވެރި ކޮށްފި
ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ގއ. ވިލިނގިއްޔަށް ގެންދިއުމުން އެރަށަށް އެރަށަށް ނޭރުވުމުން އެ އަތޮޅު ކައުންސިލުން އެކަން ކުށްވެރި ކޮށްފިއެވެ.

ގއ.އަތޮޅުކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓީވްވި އުމުރުން ދުވަސްވީ ބަލިމީހަކު މިއަދު ގއ.އަތޮޅު ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެނައުމަށް ކުރި މަސައްކަތަށް ހުރަސްއަޅައި، ވިލިގިއްޔަށް އަރުވަން ވިލިނގިލީގެ މަދު ބަޔަކު ނުކުމެ މަސައްކަތް ކޮށްފައިވާތީ އެކަން އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

ރާއްޖޭގެ 5 ސަރަޙައްދެއްގައި ސަރުކާރުން ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީ އިން ހުވަދުއަތޮޅުން ކޮވިޑް-19އަށް ފައްސިވާ ބަލިމީހުންނަށް ފަރުވާ ދެވެން ޖެހޭނެކަމަށް ކައުންސިލުން ބުނެއެވެ. އަދި މިހާރު ހަމަޖެހިފައިވާ އުސޫލުން ކޮވިޑް-19އަށް ޕޮޒިޓީވްވި އުމުރުން 65 އަހަރުން މަތީ މީހުންނާއި، މިބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާދޭން ޖެހޭނީ ކޮވިޑަށް ޚާއްސަ ކުރެވިފައިވާ ފެސިލިޓީ އެއްގައި ކަމަށްވުމުން، އޮގަސްޓު 29 ވަނަ ދުވަހު ގދ. ތިނަދޫއިން ކޮވިޑް-19އަށް އެމީހާ ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީން ފަރުވާ ދެވެން ޖެހޭނެ ކަމަށް ގަބޫލުކުރަ ކަމަށްވެސް ބަޔާޏުގައި ވެއެވެ.

އެހެންވީމާ މިއަދު ވިލިނގިލީގައި މަދު ބަޔަކު ނުކުމެ ހިންގާފައިވާ ނާތަހުޒީބީ އަދި ލާއިންސާނީ ޢަމަލު ކުށްވެރިކޮށް މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހޯދައި އެމީހުންނާއި މެދު ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް