ads
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރް ޖެނެރެލް ޑރ. ޓެޑްރޯސް އަދަނޮމް--
ވަކި އުމުރެއްގެ މީހަކަށް ވީތީ މަރުވާން ދޫކޮށްލުމީ ބޭއިންސާފުގެ އިންތިހާ: ޓެޑްރޯސް
ވަކި އުމުރެއްގެ ނުވަތަ ވަކި ނަސްލެއްގެ މީހަކަށް ވީތީ މަރުވާން ދޫކޮށްލުމީ ބޭއިންސާފްގެ އިންތިހާ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޯމް ވިދާޅުވެއްޖެ އެވެ.

ޓެޑްރޯސް ވިދާޅުވީ، އެކަން އެގޮތަށް ބަޔަކު ކުރުމަކީވެސް އަދި ބަޔަކު އެކަން އެގޮތަށް ކުރުމަށް ދޫކޮށްލުމަކީ ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އެންމެންނަށް ވެސް ލޯތްބާއި އަޅާލުން ދޭން ޖެހޭ ކަމަށާއި ހެލްތް ސެކްޓާ ބެލެންސް ކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ނުވާނެ ކަމެއް ނޫން ކަމަ ށްވެސް ޓެޑްރޯސް ވިދާޅުވެފައި ވެއެވެ.

ޓެޑްރޯސް ވިދާޅުވީ ވަކި އުމުރެއްގެ މީހަކަށް ވީތީ ނޫނީ ވަކި ނަސްލެއްގެ ވަކި ތަނަކަށް ނިސްބަތްވާ މީހަކަށް ވީތީ އެމީހާ މަރުވާން ދޫކޮށް ނުލެވޭނެ ކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވިސްނުމަކީ އިންސާނިއްޔަތުކަމުގެ ކުޑަމިންވެސް ނެތުން ކަމަށެވެ. 

ޓެޑްރޯސް ފާހަގަކުރެއްވި ގޮތުގައި ބައެއް ހިސާބުތަކުގައި އެކަން އެގޮތަށް ކުރަމުން އަންނަ ކަމަށެވެ. ބަލީގައި ސަލާމާތް ކުރަނީ ކާކުތޯ ކަނޑައަޅަން ޖެހޭ ވަގުތު އައިސްދާނެ ކަމަށާއި އެެހެން ނަމަވެސް ވިސްނުމުގައި އެއްވެސް މީހަކީ މަރުވާން ދޫކޮށްލުން އެންމެ ރަނގަޅު މީހެއްގެ ގޮތުގައި ވިސްނިގެން ނުވާނެ ކަމަށެވެ. ހެލްތް ސެކަޓާގެ އަމާޒަކަށް ވާން ވާނީީ ކޮންމެ ފުރާނައަކީ ވެސް ބޭނުންތެރި އަގުހުރި ފުރާއެއް ކަމަށް ދެކިގެން މަސައްކަތް ކުރުން ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

ޓެޑްރޯސް މިހެން ވިދާޅުވެފައި ވާއިރު ކޮވިޑްގެ ހާލަތު ބޮޑުވެ ދުނިޔޭގެ ބައެއް ސަރަހައްދުތަކުން ދަނީ ފަރުވާދޭ މީހާ ކަަޑާއަޅާ ވަކި ބަޔަކު މަރުވާން ދޫކުރަމުންނެވެ. 

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ 90 އިންސައްތަ ގައުމުތަކުގެ ސިއްހީ ނިޒާމް ބޮއްސުންލާފައިވާ ކަމަށް ޑަބްލިއުއެޗްއޯގެ ދިރާސާތަކުން ދައްކައެވެ.

ސާވޭއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވީ، ސާވޭއިން ފެނިގެން ދިޔައީ ސިއްހީ ނިޒާމުގައި ލާފައިހުރި ރެނދުތައް ކަމަށާއި ކޮވިޑުގެ ހާލަތުގެ އިތުރުން އެހެނިހެން ހާލަތްތަކުގައި ސިއްހީ ނިޒާމަށް ދިމާވާ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ގޮތްތައް ހޯދައި ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް