ads
ތިލަފުށި--
އިއްޔެ މަރުވެފައި އޮއްވާ ފެނުނީ ތިލަފުށީގައި މަސައްކަތް ކުރާ ބިދޭސީއެއް
ތިލަފުށީގެ ބޭރުން ކަނޑުމަތިން މަރުވެފައި އޮއްވާ އިއްޔެ ފެނުނީ އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށް ފުލުހުން ބުނެފި އެވެ.

އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ހެނދުނު 08:36 ހާއިރެވެ. 

އެ މައްސަލަ ފުލުހުން ބަލަމުން ދާއިރު، މަރުވެފައ ވަނީ ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރާ އުމުރުން 31 އަހަރުގެ ނޭޕާލް މީހެއްކަން ވަނީ ދެނެގަނެފަ އެވެ. 

އެ މީހާ މަރުވި ގޮތާ ބެހޭ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް