ads
ޑރ. މުހައްމަދު ޖަމީލް އަހުމަދު--
އެމްޑީޕީން ސަލާމަތީ ހިދުމަތްތަކުގެ ކިބައިން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ސަލާމަތީ ހިދުމަތްތަކުގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގައި ހުޅުވި ފުލުހުންގެ އާއިމާރާތައި ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގަ އެވެ. 

އެގޮތުން ޑރ. ޖަމީލް ވިދާޅުވެފައިވަނީ ގައުމީ ތަރައްގީގެ ތަސައްވަރެއް ލީޑަރުންގެ އަތުގައި އޮންނަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ތަރައްގީއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި މަސައްކަތް މިއަދު ހުޅުމާލޭގައި ހުޅުވި އިމާރާތުން ވެސް ފެނިގެންދާކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމް ޕީއެންސީއަކީ ބިނާކުރާ ފިކުރެއް ކަމަށެވެ.

މީގެ އިތުރުންވެސް ޑރ. ޖަމީލް ވިދާޅުވެފައިވަނީ އެމްޑީޕީން ފުލުހުންނާއި ސިފައިންގެ ކިބައިން މާފަށް އެދެންޖެހޭ ކަމަށެވެ. އަދި މަޖިލީހުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނަށް ވެސް ފުލުހުންގެ ހިދުމަތުގެ މުހިންމުކަން އުނގަންނައި ދޭންޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް