ads
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން--
ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމަށް އޮތް މުއްދަތު އިތުރުކޮށްފި
ސްޓޫޑެންޓް ލޯނު އަނބުރާ ދައްކަން އޮތް މުއްދަތު އިތުރުކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ސެޕްޓެމްބަރު ނިޔަލަށް އިތުރުކޮށްފައިވާ ކުރުން، މިއަހަރުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ. 

އަދި މި ގޮތަށް ނިންމީ ކޮވީޑް19 އާއި ގުޅިގެން ކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. 

މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް ދޫކުރާ ސްޓޫޑެންޓް ލޯނު ދެއްކުން ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްދެއްވިކަން މީގެ ކުރިން އިއުލާނުކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެފަހަރު ލޯން ދެއްކުން ފަސްކޮށްފައިވަނީ ހަ މަސްދުވަހު މުއްދަތަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް