ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލުހުކުމާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ ގއ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ކަމެއް އިނގޭނޭ އެއްވެސް ހެއްކެއް ނެތް ކަމަށް ޔާމީން މިއަދު ހައިކޯޓުގައި ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު ހައިކޯޓުގައި ބޭއްވި އެމައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގެ ފަހު އަޑު އެހުމުގައި ފަހު ބަސް ވިދާޅުވަމުންނެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް ލޯންޑާ ކުރި މައްސަލަ ކްރިމިނަލް ކޯޓުން ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މިއަދު ހައިކޯޓުގައި އެމަނިކުފާނު ވިދާޅުވީ ވޮޑުމުލާ އަކީ އެމަނިކުފަނުގެ ވެރިކަމުގެ ކުރީ ސަރުކާރުތަކުން އުފައްދާފައިވާ  ޓުއަރިޒަމް ޕްރޮމޯޓުކުރާ ކުންފުނިތަކަށް ދީފައިވާ ރަށެއް ކަމަށެވެ. ވޮޑުމުލާ ކުއްޔަށް ދިނުމާ ގުޅެ އެއްވެސް ވާޙަކައެއް ޔާމީން އަށް ނުދަންނަވާ ކަމަށ ްވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާކަން އިނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެގޮތަށް އޭސީސީން ވެސް ތުހުމަތު ނުކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހުގީގު ތެރެއިން ފުލުހުން ނަގާފައިވާ އައްލާމް ލަތީފްގެ ބަޔާން އެމަނިކުފާނަށް ލިބިފައިވާ ކަމަށާ އެބަޔާނުގައި ވެސް އެ ފައިސާ އަކީ ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ކަން އިނގެން ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

އަދީބު އަތުން ހޯދަން އުޅުނު ފައިސާ އަކީ ސިޔާސީ މަސައްކަތަށް އެކި މީހުން ދީފައިވާ ފައިސާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބު އާއި ޒިޔަތުގެ މައްސަލަ ފުލުހުން ތަހުގީގު ކުރާއިރު އެ ތަހުގީގު ތެރެއިންވެސް އެފައިސާއަކީ ވޮޑުމުލާ ކުއްޔަށް ދީގެން ލިބުން ފައިސާކަން އިނގެން ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަދީބު އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑީރެކްޓަރު އަބްދުﷲ ޒިޔަތު އާއި އައްލާމް ލަތީފް މިހާރު ފުލުހަށް ދޭ ބަޔާން ތަކަކީ ސަރުކާރާއި އެކު ހަދާ ފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދޭ ބަޔާން ތަކެއް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ވޮޑަމުއްލާގެ ފައިސާ ހޯއްދަވަން އެދިވަޑައިގެންނެވިކަން ސާބިތުކުރުމަށް ކުޑަމިނުން އެސްއެމްއެސްއެއްހާ މިންވަރުވެސް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ޔާމީން ވިދާޅުވިއެވެ. 

މިމައްސަލާގައި އިސްތިއުނާފް އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު. ދެން އޮންނާނީ ހުކުމް ކުރުމެވެ. އެހެން ނަމަވެސް ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ވަކި ތާރީހެއް ގާޡީ ވިދާޅުވެފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް