ads
އަންހެން ފުލުހުން-- ފޮޓޯ: ޕީއާރް ނިއުސް
ވިމެން އިން ޕޮލިސިންގެ ނަމުގައި އަންހެން ފުލުހުންނަށް ހާއްސަ ވިއުގައެއް އުފައްދައިފި
މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިމެން އިން ޕޮލިސިންގެ ނަމުގައި އަންހެން ފުލުހުންނަށް ހާއްސަ ވިއުގައެއް އުފައްދައިފި އެވެ.

ދިވެހި ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖެހިގެންދިޔަތާ 16 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، ޕްރޮޖެކްޓް ގާޑިއަން އިފްތިތާހުކޮށް، ވިމެން އިން ޕޮލިސިންގެ ނަމުގައި އަންހެން ފުލުހުންނަށް ހާއްސަ ވިއުގައެއް އުފައްދާފައި ވަނީ އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. 

މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އުފެއްދެވި ވިމެން އިން ޕޮލިސިންގެ މަގްސަދަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އަންހެން ފުލުހުންނާއި، އަންހެން މުވައްޒަފުން ބާރުވެރިކުރުވައި އޮޕަރޭޝަނަލް އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ އަންހެން ފުލުހުން އިތުރުކުރުވުމަށް މަސައްކަތް ކުރުވުން ކަމަށާއި ރެކްރޫޓުކުރެވޭ އަންހެން ފުލުހުން އިތުރުކޮށް މުއައްސަސާގައި އަންހެނުންގެ ނިސްބަތް އިތުރުކުރުވުމާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި ފަހި މާހައުލަކަށް ހެދުމާއި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން މުއައްސަސާގައި ނިންމާ ނިންމުންތަކުގައި އަންހެން މުވައްޒަފުން ބައިވެރި ކުރުވުމާއި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކުރުން ކަމަށް އެއިދާރާއިން ބުނެއެވެ.

އަދި ފުލުހުންގެ ލީޑާޝިޕްގެ ވިސްނުމަކީ ފުލުހުންގެ ހިދުމަތުގައި ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމުގައި އަންހެން މުވައްޒަފުންގެ ދައުރު އިތުރަށް ފުޅާކުރުމާއި ފުލުހުންގެ ހިދުމަތުގައި މުވައްޒަފުންނަށް، ޖިންސަށް ބެލުމެއްނެތި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް އެއިދާރާއިން ބުނެއެވެ.

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ވިމެން އިން ޕޮލިސިންގެ ނަމުގައި އަންހެން ފުލުހުންނަަށް ހާއްސަ ޕްރޮޖެކްޓެއް ހިމަނާފައިވެއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ފުލުހުންގެ ސީނިއާ އޮފިސަރުންނާއި، ބްރިޓީޝް ހައި ކޮމިޝަނަރު ބައިވެރިވެލެއްވިއެވެ. 

އަދި މި ރަސްމިއްޔާތުގައި ވާޗުއަލްކޮށް، މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީއާއި، ޔުނިސެފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް