ads
މާލޭގައި ރެންޑަމް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ރާއްޖެއިން މިއަދު 137 މީހުން ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން މިއަދު 137 މީހުން ޕޮޒިޓިވް ވެއްޖެ

މިއަދު ޕޮޒިޓީވްވި މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހިންނާއި ބަންގްލަދޭޝްގެ 26 މީހުންނާއި އިންޑިއާގެ 12 މީހުންނާއި ސްރީލަންކާގެ ތިން މީހެކެވެ.

މިއަދު ޕޮޒިޓީވްވި 137 މީހުންގެ ތެރެއިން 129 މީހުން ޕޮޒިޓީވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 8 މީހުން ޕޮޒިޓީވްވެފައިވަނީ 8 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަކީ 8140 އެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2767 މީހުންނެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން 166 މީހުންނަށް ފަރުވާ ދެމުން އަންނަ އިރު 5338 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން 29 މީހަކު ވަނީ ކޮވިޑް19 ގައި މަރުވެފައެވެ.

އަތޮޅުތަކުން މިހާތަނަށް 40 ރަށަކުން ކޮވިޑް19ގެ ކޭސްތައް ފެނިފައިވެއެވެ. އަދި 16 ރިސޯޓަކުން ޕޮޒިޓީވް ކޭސްތައް ފެނިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް