ads
ސާރާ އަލީ ހާން--
ސާރާގެ ނޫ ލިޕްސްޓިކަށް ބޮޑު ސަމާލުކަމެއް
ސާރާ އަލީ ހާންއަކީ ބޮލީވުޑުގެ ނަން މަޝްހޫރު މީހުންގެ ތެރެއިން މޫދާއި ބީޗަށް ލޯބީގައި ޖެހިފައިވާ މީހެކެވެ. އޭނާގެ އިންސްޓަގްރާމުގައި މޫދާއި ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތައް ގިނަ އެވެ.

އިއްޔެ ވެސް ސާރާ ވަނީ އޭނާގެ އެކުވެރިޔަކާއެކު ބީޗުގައި ހުރި ފޮޓޯއެއް ފޭނުންނާ ހިއްސާކޮށްފަ އެވެ. މި ފޮޓޯގައި ހުދު ޓީޝާޓަކާއި ޑެނިމް ޝޯޓްސް ލައިގެން އޭނާ ހުރިއިރު، އެންމެންގެ ސަމާލުކަން އަމާޒުވީ ލިޕްސްޓިކަށެވެ. 

ތުންފަތުގައި ޖައްސާފައި ހުރި ނޫ ކުލައިގެ ލިޕްސްޓިކަށް ފޭނުންގެ އިތުރުން އެހެން ފަންނާނުން ވެސް ވަނީ ތައުރީފްކޮށްފަ އެވެ. 

އެގޮތުން އާމިރް ހާނުގެ ދަރިފުޅު، އިރާ ހާން ކުރި ކޮމެންޓުގައި ބުނެފައި ވަނީ އެ ކުލައިގެ ލިޕްސްޓިކް ވަރަށް ލޯބި ކަމަށެވެ. 

މިދިޔަ މަހު ސާރާގެ 25 ވަނަ އުފަން ދުވަސް ފާހަގަކުރީ ވެސް ބީޗްތަކަށް މަޝްހޫރު ގޯއާގަ އެވެ. އެ ދުވަސް ފާހަގަކުރީ މަންމަ އަމްރިތާ ސިންގް އާއި ބޭބެ އިބްރާހިމް އަލީ ހާން އާއެކު އެވެ. 

ދާދި ފަހުން އޭނާ ޝޫޓިންތައް ފަށާފައި ވާއިރު، ދެން އެންމެ އަވަހަށް ސާރާ ފެންނާނީ ޑޭވިޑް ދަވަންގެ "ކޫލީ ނަންބަރު 1" ގެ ރީމޭކުން ވަރުން ދަވަން އާއެކު އެވެ. 

އޭގެ އިތުރުން ދަނުޝް އަދި އަކްޝޭ ކުމާރް އާއެކު "އަތްރަންގީ ރޭ" ގެ މަސައްކަތް ވެސް ސާރާ ދަނީ ކުރަމުންނެވެ. ސާރާއަކީ މަގްބޫލު ތަރި ސައިފް އަލީ ހާންގެ އަންހެން ދަރިފުޅެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް