ads
ސުޝާންތު އާއި އޭނާގެ ބައްޕަ--
ހުއްދަ ނެތި ފިލްމު ހަދާ ނަމަ ކޯޓަށް ދާނަން: ސުޝާންތު އާއިލާގެ ވަކީލު
ސުޝާންތު ސިންގް ރާޖްޕުތުގެ ހަޔާތުގެ މައްޗަށް ފިލްމު އުފައްދަން ގިނަ ބަޔަކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެކި ނަންނަމުގައި އޭނާގެ ހަޔާތަށް ފިލްމު ހެދުމަށް މިހާރު ވެސް އިންޑިއާގެ ފިލްމު ޕްރޮޑިއުސަރުންގެ އެސޯސިއޭޝަނަށް ވަނީ ހުށަހަޅާފަ އެވެ.

އެކަމަކު ސުޝާންތުގެ ބައްޕަގެ ގާނޫނީ ވަކީލު ވިކާސް ސިންގް ބުނެފައި މި ވަނީ އޭނާގެ ބައްޕަގެ ހުއްދަ ނެތި އެއްވެސް ފިލްމެއް، ފޮތެއް އަދޮ ސީރީޒެއް ނުހެދޭނެ ކަމަށެވެ. ހުއްދަ ނެތި އެކަން ކުރާ ނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. 

މިހާރު ފިލްމު ހަދަން ހުށަހަޅާފައިވާ ބައެއް ނަންތަކުގެ ތެރޭގައި "ސުޝާންތު"، "ސުޝާންތު ސިންގް ރާޖްޕުތު"، "ސުޝާންތު ސިންގް ރާޖްޕުތު: ބަޔޮގްރަފީ" ހިމެނެ އެވެ. 

އޭގެ އިތުރުން "ޝަޝަންކް" ގެ ނަމުގައި ސަނޯޖް މިޝްރާ އާއި މާރުތް ސިންގް ވެސް ދަނީ ފިލްމެއް ހަދަމުންނެވެ. މި ފިލްމަކީ ވެސް ޒުވާން ބޮލީވުޑު ތަރިއެއް މަރުވެގެން ދިޔަ ގޮތުގެ މައްޗަށް ހަދާ ފިލްމެކެވެ. އެ ފިލްމުގެ ޕޯސްޓަރު މިހާރު ވަނީ އާއްމުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް