ads
ޑެނިއެލް ޕްރޫޑް ހައްޔަރު ކުރަނީ--
އެމެރިކާގައި ކަރަށް ފައި އަރުވައިގެން ހައްޔަރު ކުރި މީހަކު މަރުވެއްޖެ
ކަރަށް ފައި އަރުވައިގެން ނިއު ޔޯކުގެ ފުލުހުން ހައްޔަރު ކުރި ކަޅު ނަސްލުގެ މީހަކު މަރުވެއްޖެ އެވެ.

އެ މީހާ ހައްޔަރު ކުރުމަށް ފުލުހުން ވަނީ ކަރަށް ފައި އަރުވައިގެން ދެ މިނެޓު ވަންދެން ހިފަހައްޓާފަ އެވެ. އެ މަންޒަރު ވަނީ ކެމެރާއަށް އަރާފަ އެވެ. 

މިދިޔަ މާޗް މަހު އެ ހާދިސާ ހިނގިއިރު އުމުރުން 41 އަހަރުގެ ޑެނިއެލް ޕްރޫޑަށް ވަނީ ނަފްސާނީ ގިނަ މައްސަލަތަކެއް ދިމާވެފަ އެވެ. 

އޭނާގެ އާއިލާއިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހާމަކުރި ގޮތުގައި ޑެނިއެލް މަރުވެފައި ވަނީ ހައްޔަރު ކުރިތާ ހަފްތާއެއް ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. 

އޭނާ މަރުވެފައި ވަނީ ޖޯޖް ފްލޮއިޑް މަރުވުމުގެ ދެ މަސް ކުރިންނެވެ. ޖޯޖް ފްލޮއިޑް މަރުވުމުން އެތައް ބަޔަކު ވަނީ ކަޅު ނަސްލުގެ މީހުންގެ ހައްގުގައި އެކި ގައުމުތަކުގައި މުޒާހަރާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް