ads
އެބޮޓުން އަލަށް ތައާރަފްކުރި ކޮވިޑް ޓެސްޓް.
އެބޮޓްގެ "ބައިނެކްސްނައު" ޓެސްޓް މެޑްޓެކުން ރާއްޖެ އަށް ތައާރަފް ކުރަނީ، 15 މިނިޓުން ނަތީޖާ ލިބޭނެ!
ސިއްހީ ދާއިރާގެ ސާމާނު އުފެއްދުމުގެ އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެބޮޓުން އުފައްދާފައިވާ ކޮވިޑް-19 ޕޯޓަބަލް އެންޓިޖެން ޓެސްޓް، މެޑްޓެކުން ރާއްޖެ އަށް ތައާރަފް ކުރަން ތައްޔާރުވެއްޖެ އެވެ.

މިއީ ކޮވިޑް ޓެސްޓްގެ ނަތީޖާ 15 މިނިޓުގެ ތެރޭގައި ލިބޭ ގޮތަށް، އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު އެބޮޓުން އުފައްދާފައިވާ ޓެސްޓެކެވެ. އަލަށް ތައާރަފްކުރި މި ޓެސްޓަކީ ކްރެޑިޓް ކާޑެއްހާ ކުޑަ، އަދި އިތުރު އިކުއިޕްމަންޓެއްގެ އެހީއާ ނުލައި ނަތީޖާ ލިބޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ. 

ނަތީޖާ އަވަސް ވުމުގެ އިތުރުން، އެބޮޓުން ބުނީ އަލަށް ތައާރަފްކުރި ޓެސްޓަށް ނޭފަތުން ސާންޕަލް ނަގާއިރު، މިހާރު ޓެސްޓް ކުރާއިރު އެކަން ކުރާ ވަރަށް ވުރެ ވަރަށް ބޮޑުތަން ފަސޭހަވާނެ ކަމަށެވެ. އަދި މި އާ ޓެސްޓާއި އެކު، ކޮވިޑް-19 އަށް ޓެސްޓް ކުރުން ފަސޭހަވެގެން ދާނެ މިންވަރަށް ބަލާއިރު، މިސާލެއްގެ ގޮތުން މިއީ ހޯމް ކިޓެއް ބޭނުން ކޮށްގެން ޕްރެގްނަންސީ އަށް ޓެސްޓް ކުރުން ފަދަ ކަމެކެވެ.

އެބޮޓުން އަލަށް ތައާރަފްކުރި ޓެސްޓް މިހާރު އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ އިރު، އިތުރު ގައުމުތަކަށް، މީގެ އެތައް މިލިޔަން ޓެސްޓް ފޮނުވަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން އެ ކުންފުނީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމަށްވާ މެޑްޓެކުން ވަނީ ވަރަށް އަވަހަށް، އެމެރިކާގެ އެފްޑީއޭ އިން ވެސް އެޕްރޫމް ކޮށްފައިވާ އެ ޓެސްޓް ރާއްޖެ އަށް ތައާރަފް ކުރާނެ ކަމަށް ބުނެފަ އެވެ.

"ބައިނެކްސްނައު ކޮވިޑް-19 އޭޖީ ކާޑު"ގެ ނަން ދީފައިވާ މި ޓެސްޓަކީ ވީހާވެސް އަވަހަށް އަދި ހެޔޮ އަގެއްގައި ކޮވިޑް-19 އަށް ވީހާވެސް ގިނަ ބަޔަކަށް ޓެސްޓް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފްކުރާ ޓެސްޓެއް ކަމަށް އެބޮޓުން ބުނެ އެވެ. އެގޮތުން އެ ކުންފުނީގެ އަމާޒަކީ މި އާ ޓެސްޓާއި އެކު، އަންނަ މަހުން ފެށިގެން ކޮންމެ މަހަކު ވެސް މަދުވެގެން 50 މިލިޔަން ޓެސްޓް ހެދުމެވެ.

އެބޮޓުން ބުނީ ޔަގީންކަން ހޯދާފައިވާ "ލެޓަރަލް ފްލޯ ޓެކްނޮލޮޖީ" ބޭނުން ކޮށްގެން އުފައްދާފައިވާ މި ޓެސްޓުގެ ސެންސިޓިވިޓީ 97.1 ޕަސެންޓް ކަމަށެވެ. އަދި ސްޕެސިފިސިޓީ އަކީ 98.5 ޕަސެންޓް ކަމަށް ކްލިނިކަލް ސްޓަޑީތަކުން ޔަގީންކޮށްދޭ ކަމަށެވެ.

އަލަށް ތައާރަފްކުރާ މި ޓެސްޓަކީ ބޮޑެތި އެއްވުންތައް ނުވަތަ ސްކޫލާއި، އޮފީސް ތަކަށް ދާ މީހުންނަށް ފަސޭހަ ކަމާއި އެކު ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ގޮތެކެވެ. އަދި އެބޮޓުން ވަނީ މި ޓެސްޓާއި ގުޅޭ ހާއްސަ އެޕެއް ތައާރަފްކޮށް، ފޯނުން އެ މީހުންގެ ޓެސްޓުގެ ނަތީޖާ ފެންނާގެ ގޮތް ފަހިކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް