ads
ޕީޖީ ހުސައިން ޝަމީމް--
މަސައްކަތްމިކުރަނީ ޕީޖީ އޮފީހަށް އޮންނަ އިތުބާރު ދެމެހެއްޓޭތޯ: ޕީޖީ ޝަމީމް
މަސައްކަތް ކުރަނީ ޕީޖީ އޮފީހަކީ އަބަދުވެސް ޤާނޫނާއި އެއްގޮތަށް އަމަލުކުރާ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓޭތޯ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޕީޖީ ވަނި އެ އޮފީހަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުގެ ކުރިއާއި މިހާރުގެ މުއައްޒަފުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކޮށްފައެވެ. އަދި ވިދާޅުވެފައިވަނީ މަސައްކަތްކުރަމުން އަންނަނީ ޕީޖީ އޮފީހަކީ އަބަދުވެސް ހުރިހާ ހާލަތެއްގައި ވެސް ޤާނޫނާ އެއްގޮތަށް އަމަލުކުރާ އިތުބާރާއި އެކު ހިދުމަތްދޭ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓޭތޯ ކަމަށެވެ. 

ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސިކިއުޓާ ޖެނެރަލެއް ހުންނަންވާނެކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ ފެހިޤާނޫނުއަސާސީ އާއި އެކު އެވެ. ފެހިޤާނޫނުއަސާސީގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހެއް އެންމެ ފުރަތަމަ އުފައްދާފައިވަނީ 2008 ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު އެވެ. 

ފެހި ޤާނޫނުއަސާސީގެ ދަށުން އެފެއްދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ އައްޔަނު ކުރި ޕްރޮސިކިއުޓާ ޖެނެރަލަކީ އަލްއުސްތާޒް އަހުމަދު މުއިއްޒު އެވެ. ހަތަރެއް ސެޕްޓެމްބަރު 2008 ކުން 25 ނޮވެންބަރު 2013 ގެ ނިޔަލަށް މުއިއްޒު ވަނި ޕީޖީގެ މަގާމު ފުރައްވާފައެވެ. އޭގެ ފަހުން ޕީޖީގެ މަގާމް ފުރުއްވާފައިވަނީ އަލްއުސްތާޒް މުހުތާޒް މުހުސިންއެވެ. އަދި އޭގެފަހުން ޕީޖީ އަކަށް ހުންނެވީ އަލްއުސްތާޒާ އައިޝަތް ބިޝާމެވެ. ޕީޖީ ހުސައިން ޝަމީމަކީ ފެހި ޤާނޫނުއަސާސީގެ ދަށުން އައްޔަނު ކުރެވުނު ހަތަރު ވަނަ ޕީޖީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް