ads
ރާއްޖޭގެ ރަށެެއް——ފުޓޯ:ޓްރެވަލް ޓްރޭޑް މޯލްޑިވްސް
39 ރަށެއްގައި ކޮވިޑްގެ 95 އެކްޓިވް ކޭސް
މިހާތަނަށް 39 ރަށަކުން 95 މީހުން ކޮވިޑް-19 އަށް ޕްޒެޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ 39 ރަށެއްގައި ކޮވިޑް ޖެހިފައިވާ 95 މީހަކު ހުރި ކަމަށް ދައްކަ އެވެ. މީގެ ތެރެއިން ވެސް ގިނައީ ދިވެހިންނެވެ. 

އެގޮތުން ޕޮޒިޓިވް ވެފައިވާ 95 މީހުންގެ ތެރެއިން 87 މީހުންނަކީ ދިވެހިންނެވެ. އަނެއް އަށް މީހަކީ ބިދޭސީންނެވެ.

މީގެ ތެރެއިން ގިނަ މީހުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށާއި އައިސޮލޭޝަން ފެސިލިޓީތަކަށް ތިން ރަށެއްގެ ބަޔަކު ލެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެއީ ބ. އޭދަފުށިން ޕޮޒިޓިވްވި އަށް މީހުންގެ ތެރެއިން އެއަތޮޅު ކޮވިޑް ފެސިލިޓީގައި ހުރި އެކަކާއި ރ. ދުވާފަރުން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ބ. އަތޮޅު ކޮވިޑް ފެސިޓީގައި ހުރި މީހެއްގެ އިތުރުން ގއ. ދާންދޫއިން ޕްޒިޓިވްވި ދެ މީހުންވެސް މިވަގުތު ތިބީ ގއ. ވިނލިގިލީ ކޮވިޑް ފެސިލިޓީގަ އެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއެވެ. އެ ރަށް މޮނިޓަރިން އަށް ލެވިފައިވަނީ ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހުން މިމަހުގެ ދެވަނަ ދުވަހު ޕްޒިޓިވް ވުމާއި ގުޅިގެންނެވެ. ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަޝްރަފް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ހިމެނޭކަމަށާއި އަދި އެމީހުންގެ ހާލު ރަނގަޅުކަމަށެވެ. 

މިފަހުން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް މަތީގައި އުޅޭއިރު ރިސޯޓްތަކުން ވެސް ދަނީ ކޮވިޑްގެ ކޭސްތަށް ފެންނަމުންނެވެ. އެގޮތުން މިހާތަނަަށް 20 ރިސޯޓަކުން 17 ފަތުރުވެރިއަކު ކޮވިޑަށް ޕްޒިޓްވްވެފައިވާއިރު 45 މުވައްޒަފަކުވެސް ވަނީ ބައްޔަށް ޕްޒިޓިވްވެފައެވެ.

މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 8361 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް