ads
ރިއާގެ ކޮއްކޮ ޝޯވިކް--
ޑްރަގްގެ މައްސަލައަކާ ގުޅިގެން ރިއާގެ ކޮއްކޮ ހައްޔަރުކޮށްފި
ބޮލީވުޑުގެ އެކްޓަރު ސުޝާންތު ސިންގުގެ މަރުގެ މައްސަލާގައި ހިމެނޭ އޭނާގެ ލޯބިވެރިޔާ އަދި އެކްޓްރެސް ރިއާ ޗަކްރަބޯޓީއާ ދެކޮޅަށް ހުށަހެޅި މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ރިއާގެ ކޮއްކޮ ޝޯވިކް ހައްޔަރުކޮށްފި އެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރޭގެ ވަގުތެއްގައި ރިއާގެ ކޮއްކޮ ޝޯވިކް އާއި ސަމުލް މިރަންދާ ހައްޔަރުކުރީ ޑްރަގްގެ މައްސަލައަކާއި ގުޅިގެންނެވެ. 

އެ މައްސަލައާ ގުޅިގެން އެންސީބީގެ ޑެޕިއުޓީ ޑިރެކްޓަރު ކޭޕީއެސް މަހްލޯތްރާ ވަނީ ޝޯވިކް އާއި ސަމުލް ހައްޔަރުކޮށްފައިވާކަން އެމީހުންގެ އާއިލާއަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ދެ މީހުން ވެސް ކޯޓަށް ގެންދާނެ އެވެ. 

އެންސީބީގެ ޓީމުން ވަނީ ޝޯވިކް އުޅޭ ގޭގެ އިތުރުން ސަމުލް އުޅޭ ގޭ ވެސް ބަލާއި ފާސްކޮށްފަ އެވެ. އެެގޮތުން ދެމީހުންނާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން ވެސް އޮޕަރޭޝަނެއްގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެ ދެ މީހުން ވަނީ ޝޯވިކް އާއި ސަމުލްގެ ނަން ސުވާލުކުރުމުގެ މަރުހަލާގެ ތެރެއިން ބުނެފަ އެވެ. 

އާންމުވި ޝޯވިކްގެ ވަޓްސްއެޕް ޗެޓްގެ ތެރެއިން ވަނީ މާޗު 17 ގައި ފަސް ކިލޯގެ ޑްރަގަށް 10،000 ރުޕީސް ދެއްކުމަށް ސަމުލްއަށް މެސެޖްކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއިން އަމިއްލައަށް ހުށަހެޅި މައްސަލައިގައި ރިއާ އާއި އޭނާގެ ރަހުމަތްތެރިންނަށް ތުހުމަތުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، އޭގެން ވިޔަފާރި ކުރި ކަމަށެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއިން ވަނީ އެ މައްސަލަ ބެލުމަށް ފަސް މެމްބަރުންގެ ޓީމެއް އެކުލަވާލާފަ އެވެ. އެ މައްސަލަ ބަލަން ފެށީ ލިޔެކިޔުންތަކަކާއި މެސެޖުތަކެއްގެ މައްޗަށް ބިނާކޮށެވެ. 

އެކަމާ ގުޅިގެން ރިއާގެ ގާނޫނީ ވަކީލު ވިދާޅުވީ ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަނުން މަރުގެ މައްސަލަ ބަލަނިކޮށް، އޭގެ ތެރެއަށް ނާކޮޓިކްސް ބިޔުރޯއިން ވަނުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް މަސްތުވާތަކެތީގެ ޓެސްޓު ހެދުމަށް ލޭގެ ސާމްޕަލް ދޭން ރިއާ ހުރީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ގިނަ ތުހުމަތުތަކެއް ރިއާއަށް ކުރެވުން ނަމަވެސް ބައެއް ތަރިން ވަނީ އޭނާގެ ދިފާއުގައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފަ އެވެ. އަދި ރިއާ ވެސް އެ ތުހުމަތުތައް ދޮގުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް