ads
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން-- ފޮޓޯ: އީސީ
ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް ޕާޓީތަކުން އަމަލުނުކުރަން ގޮވާލައިފި
ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފި އެވެ.

ޝަރީފް އެގޮތަށް ގޮވާލައްވާފައި މިވަނީ "ޗެނަލް13" ގެ ލައިވް ޕްރޮގްރާމެއްގައި ބައިވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރުމަށް ގޮވާލި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ދެއްވި ރައްދެއްގަ އެވެ. 

އާންމުވެފައިވާ ވީޑިއޯއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި އެ ޗެނަލުން ގެނައި "ރައްޔިތުންގެ އަޑު" ގައި ބައިވެރިވި މީހަކު ދެއްކި ވާހަކަ އެކެވެ. 

އެ މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިހާރު ބަލަމުން އަންނައިރު އެ ޗެނަލުން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.  

އަދި އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައި ކަމަށާއި އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް