ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެދިއްޖެ
ކަނޑުދަތުރުކުރާ ފަރާތްކުން މޫސުމަށް ސަމާލުވާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެދިއްޖެ އެވެ.

އެމްއެންޑީއެފްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުުމުން ކަނޑުދަތުރު ކުރާ ފަރާތަތަކުން މޫސުމަށް ސަމާލުވާން އިލްތިމަސްކުރާ ކަމަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބޯކޮށްވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ތ. އަތޮޅުން ފެށިގެން އައްޑޫއަށް ޔެލޯ އެލާޓް ނެރެފަ އެވެ. 

މެޓް އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.   

އަދި ކަނޑުތައް ގަދަވާނެ ކަމަށާއި އެގޮތުން ރާޅުގެ އުސްމިން އުޅޭނީ 4-7 ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެ އެވެ.

ދިޔަވަރު ބޮޑުގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށާއި ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް