ads
ޑރ. ނަޒްލާ ރަފީގް-- ފޮޓޯ: އެޗްއީއޯސީ
ފެސިލިޓީތަކަށް ގެއްލުން ނުދިނުމަށް އެދިއްޖެ
އައިސޮލޭޝަން ފެސިލިޓީޓަކުން މީހުން ދޫކޮށްލާއިރު ބައެއް ފަހަރު އެކި ކަހަލަ ގެއްލުންތައްދީފައި ހުންނަ ކަމަށާއި އެކަމަކު އެގޮތަށް އެކަން ނުކުރުމަށް ޑރ. ނަޒްލާ ރަފީގް އެދިވަޑައިގެންފި އެވެ.

ޑޜ. ނަޒްލާ ވިދާޅުވި ގޮތުގައި ބައެއް ފަރާތްތަކުން އެތަންތަން ދޫކޮށްދާއިރު އަންނަނީ ތަފާތު އެކި ގެއްލުންތައް ދެމުންނެވެ.

އަދި ބައެއް ފެސިލިޓީތަކުގެ ކޮޓަރިތައް ވެސް ވަރަށް ހަޑިކޮށްފައި ހުންނަކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވަނީ އެގޮތަށް އެކަން ނުކުރުމަށް އެދިފަ އެވެ. 

އަދި އެގޮތަށް ދޭ ގެއްލުންތަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ހިސާބަށް ދާން ބޭނުންނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޓްކުރުމަށް އެޗްޕީއޭ އިން ވަނީ ރިސޯޓުތައް ވެސް ނަގާފަ އެވެ. އަދި މީގެ ކުރިންވެސް އެފަދަ ތަންތަން ހަޑިކޮށްފައި ހުރި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް