ads
މޫސުން ގޯސް ދުވަހެއްގައި ރަށެއްގެ ގޮނޑުދޮށް
ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް ނެރެފި
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.

އޮރެންޖް އެލާޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. މިރޭ 22:30 އިން ފެށިގެން ދަންވަތު 2:30 ގެ ނިޔަލަށް އޮރެންޖް އެލާޓް ނެރެފައިވާއިރު މޫސުމާއި ބެހޭ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް 34 މޭލާއި 40 މޭލާ ދެމެދު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ބުނެ އެވެ. 

އަދި މިރޭ މޫސުމާއި ބެހޭ އިދާރާއިން ވަނީ ކުރިއަށް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. 

މޫސުން ގޯސްވެފައި މިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް