ads
ފެނުން އެތައް ފައިދާއެއް ހަށިގަނޑަށް ލިއްބައިދޭ--
ފެނުން އެތައް ފައިދާއެއް
އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަންތަކެވެ. އިންސާނުންގެ ހަށިގަނޑުގެ 60 އިންސައްތަ ފެނުން ހިއްސާ ކުރާއިރު، ޑީހައިޑްރޭޓް ވުމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް މީހާ ބަލިކަށިކޮށްލާ ކަމެކެވެ.

ފެނުން ލިބޭ ބައެއް ފައިދާތަކުގެ ތެރޭގައި: 

  1. ހަނދާނުގައި ކަންކަން ބެހެއްޓުމާއި މޫޑު ރަނގަޅުވުން
  2. ފޮނި ތަކެތި ކާ ހިތްވުން ކުޑަވުމާއި ބަރުދަން ދެމެހެއްޓުމަށް އެހީވުން
  3. ރަނގަޅަށް ކަސްރަތު ކުރުމަށް އެހީއަކަށްވުން
  4. ބޮލުގައި ރިއްސުމާއި މައިގްރެއިން މަދުވުން
  5. ބަނޑުހަރުވުން ކުޑަކޮށްދިނުން
  6. ކިޑްނީގެ ހިލަ އުފެދުމާ ދުރުކޮށްދިނުން
  7. ޔޫރިން އިންފެކްޝަންތައް މަދުކުރުން
  8. ހާސްކަން ކުޑަކޮށްދިނުން

ސިއްހީ ފަރާތްތަކުން ލަފާދޭ ގޮތުގައި ދުވާލަކު މަދުވެގެން 6-8 ތަށި ފެންބޯން ޖެހެ އެވެ. އެކަމަކު ގިނައިން ދާ ހިއްލާ، ހޫނުވާ ނަމަ ފެން ބޯ މިންވަރު އިތުރު ކުރަން ޖެހެ އެވެ. 

ހަށިގަނޑަށް ފެން ލިބޭ މިންވަރު ދެނެގަތުމަށް އެންމެ ފަސޭހަ ގޮތަކީ ކުޑަކަމު ދިޔުމަށް ފަހު ކުލަ ޗެކް ކުރުމެވެ. މާ ފެންކޮށް ނުވަތަ އެއްވެސް ރީނދޫކަމެއް ނެތް ނަމަ އެއީ ފެން މާ ގިނަ ވުމެވެ. މާ ބޮޑަށް ރީނދޫ ނަމަ އެއީ ފެން މަދުވުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް