ads
ފޮޓޯ އަވަސް
ޑެޕިއުޓީ ގަވަރުނަރު ކަމަށް އިމާދަށް ރުހުންދީފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ރައީސުލްޖުމްހޫރިޔާ ނަން ފޮނުއްވާފައިވާ އަހްމަދު އިމާދަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

މަޖިލީހުން މިއަދު ނެގި ވޯޓުގައި ވަނީ އިމާދު އެމަގާމަށް އައްޔަންކުރަން ފެންނަ ކަމަށް 69 މެމްބަރަކު ވޯޓު ދެއްވާފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އައިޝަތު ޒާހިރާގެ ދައުރު ފުރިހަމަކުރައްވައި މިދިޔަ ޖުލައި މަހު މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.  

އަހުމަދު އިމާދު މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައެވެ.

އިމާދުއަކީ މިހާރުވެސް ސީއެމްޑީއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް މެންބަރުކަންވެސް ކުރައްވާފައެވެ.

އެމްއެމްއޭގައި އިމާދު މަސައްކަތް ކުރައްވާތާ 20 އަހަރު މިހާރު ވަނީ ވެފައެވެ. އޭނާ އެމްއެމްއޭގައި މަސައްކަތްކުރައްވަން ފެއްޓެވީ 2000 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް