ads
ޑީޖޭއޭ ހިންގާ އިމާރާތް--
މޫސުން ގޯސްވުމުން ކޯޓުތަކަށް ގެއްލުންވެއްޖެ
ބޯކޮށް ވާރޭވެހި ވައި ގަދަވުމުގެ ސަބަބުން ގެއްލުންވެފައިވާ ކޯޓު އިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ބުނެފި އެވެ.

ފާއިތުވި ދެ ދުވަހު ވަނީ މުޅު ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އާދަޔާ ހިލާފަށް ވައިގަދަވެފަ އެވެ. 

އެކަމުގެ ސަބަބުން ގިނަ ރަށްތަކަކަށް ގެއްލުންވެފައި ވާއިރު، އެކި ހިސާބުތަކުގައި ކޯޓު ހިންގާ އިމާރާތްތަކަށް ވެސް ގެއްލުންވެފައިވާ ކަމަށް ވެއެވެ. 

އެކަމާ ގުޅިގެން ޑީޖޭއޭ އިން ބުނީ 5 ސެޕްޓެމްބަރުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި ކޯޓުތަކަށް ތަފާތު ގެއްލުން ވެފައިވާ ކަމަށެވެ. 

"އެ ގެއްލުންތައް މަރާމާތުކޮށް އެ ކޯޓުތައް އާއްމު ހާލަތަށް ގެނައުމުގެ މަސައްކަތް މި ދަނީ ކުރަމުން،" ޑީޖޭއޭ އިން ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެފައި ވާއިރު، ވައިގަދަވެ ބައެއް ގެތަކުގެ ފުރާޅު އެއްލާލުމާއި ގަސް ވެއްޓުން ފަދަ ހާދިސާތައް ވެސް ފާއިތުވި ދެ ދުވަހު ހިނގާފައި ވެއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. 

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދީފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް