ads
ކޮވިޑް ވެކްސިން--
ކޮވިޑް ވެކްސިންގެ 85 މިލިއަން ޑޯޒް އޮސްޓްރޭލިއާއިން ހޯދައިފި
ކޮރޯނާ ވައިރަސް ދެ ވެކްސިނެއް ކާމިޔާބުވެއްޖެ ނަމަ އޮސްޓްރޭލިއާއަށް 85 މިލިއަން ޑޯޒް ކަށަވަރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ 2021 ވަނަ އަހަރު ހިލޭ ވެކްސިން ދެވޭނެ ގޮތެއް ދެ އެއްބަސްވުމަކުން ކަނޑައެޅިފައިވާ ކަމަށެވެ. 

އެ ވެކްސިންތައް އުފެއްދުމަށް ގާތްގަނޑަކަށް 1.24 ބިލިއަން ޑޮލަރު ހޭދަވާނެ އެވެ. އެކަމަކު އެ އުފެއްދުމަށް ހުއްދަ ދޭނީ ޓެސްޓު ކާމިޔާބުވުމުންނެވެ. 

ސްކޮޓް މޮރިސަން ވިދާޅުވީ ޖެނުއަރީން ފެށިގެން އެގައުމުގެ 25 މިލިއަން މީހުންނަށް ވެކްސިން ދޭން ފެށޭނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ. 

އެތަނުން އެއް ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި ބޭސް އުފައްދާ ކުންފުނި އެސްޓްރާ ޒެނެކާ އެކުވެގެން އުފައްދާ ވެކްސިނެކެވެ. ދެވަނަ ވެކްސިނަކީ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑާއި ސީއެސްއެލް އެކުވެގެން އުފައްދާ އެއްޗެކެވެ. 

އެ ދެ ވެކްސިންގެ ވެސް ދެ ޑޯޒް ދޭން ޖެހޭނެ އެވެ. އޮސްޓްރޭލިއާގައި 26،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، 769 މީހުން މަރުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް