ads
ގާޒީ އަހްމަދު ހައިލަމް
ހައިލަމް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ގާޒީ ކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ގާޒީ ކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

ގާޒީ ކަމުގެ މަގާމުން ހައިލަމް ވަކިކުރުމަށް ޖޭއެސްސީ އަށް މަޖިލީހަށް ފޮނުވި ސިޓީ އިއްވުމުން މިމައްސަލަ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާންކޮށްފަ އެވެ.

ޖޭއެސްސީން ގާޒީ ހައިލަމް ގާޒީ ކަމުގެ މަގާމުން ވަކިކުރަން ނިންމިއިރު ހައިލަމް މިހާރު ވެސް ހުންނެވީ ސަސްޕެންޑް ކޮށްފަ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަަ އަމަލުތަކެއް ގާޒީ ހައިލަމް ކުރައްވާފައިވާ ކަމަށް ކޮމިޝަންގެ މެންބަރުންނަށް އިއްތިފާގުވެވޭ ކަމަށެވެ. އަދި ހައިލަމްގެ އަމަލުތަކަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ތަހުގީގު ކޮމިޓީއަށް ގަބޫލުކުރެވުނު ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ. އަދި އެސަބަބުތަކާ ގުޅިގެން ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް ޖޭއެސްސީން މައުލޫމާތުދީފައިވެ އެވެ.

އިސްގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ނިންމީ ނިމިގެންދިޔަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުވި ފޮޓޮއެއްގެ މައްސަލައިގަ އެވެ. އެ ފޮޓޯގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއި ވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް