ads
ޑރ. ނަޒްލާ ރަފީގް--
ކޮވިޑް19 އިން އަރައިގަނެވޭނެ ކަމުގެ އުންމީދު އާ ކޮށްދީފި
ދުރުނޫން މުސްތަގުބަލެއްގައި ކޮވިޑް19ގެ ބަލިމަޑުކަމުން ސަލާމަތްވެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅަމުން ދަނީ ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީ ކަމަށެވެ.

އަދި މިހާރު އަޅަމުންގެންދާ ފިޔަވަޅުތަކުގެ ނަތީޖާ މިމަހު ފަހުކޮޅު ފެންނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންނަމަވެސް ރަނގަޅު ނަތީޖާއެއް ނިކުންނާނީ ރައްޔިތުންގެވެސް މަސައްކަތުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ރައްޖޭގައި ތިބި ދިވެހި ކޮންމެ ރައްޔިތަކީ އެޗްޕީއޭގެ މެމްބަރެއް ކަމަށާ ކޮވިޑް19 ހުއްޓުވުމަށް މަސައްކަތް ކުރާނެ މީހެއްކަމަށެވެ.

ނަޒްލާ ވިދާޅުވީ އަވަސްމުސްތަގުބަލެއްގައި މިކަމުން ސަލަމަތްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާ ދުރުނޫން މުސްތަގުބަލެއްގައި މިކުރާ މަސައްކަތުގެ ނަތީޖާ ފެނިގެންދާނެ ކަމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރުވެސް ރައްޔިތުން އެއްބާރުލުންދެމުން ދާތަން ފެންނަ ކަމަށާ ކުރިއަށް އޮތްތަނުގައިވެސް މި ނަތީޖާ ނެރުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ނަޒްލާ ވިދޅާުވިއެވެ.

ނަޒްލާ ވިދާޅުވީ އެޗްޕީއޭގެ މަސައްކަތަށްވެސް ރައްޔިތުން ފާޑުކިޔަން ވީ ކަމަށާ އެހެން ނަމަވެސް ފާޑު ކިޔާއިރު ބިނާކުރަނިވި ފާދު ކިޔުން މުހިންމު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިއީ މުޅިން އައު ބައްޔެއް ކަމުން މިކަމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ގޮންޖެހުން އޮތީ ހަމައެކަނި ސިއްހީ ދާއިރާއަށް އެކަނި ނޫން ކަމަށާ އިގްތިސޯދީ އަދި އިޖްތިމާއި ގޮތުންވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެނަށް އެއްބަސް ނުވެވިދާނެ ކަމަށާ އެހެން ނަމަވެސް މަސައްކަތް ކުރަންވީ އެއްބަސްވެވޭ ހިސާބެއްގައި ނަތީޖާ ނެރެން ކަމަށެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށްވާނެ ކަމަށް އަންދާޒާކުރެވެނީ މިމަހުގެ ފަހުކޮޅުގައި ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޑރ. ޝީނާ ވިދާޅުވީ ކޮވިޑް-19 މާލެއިން ފެނުނު ހިސާބުން ފެށިގެން މާލޭ ސަރަހައްދު ލޮކްޑައުންކޮށް ބަލި ޖެހޭ މީހުންގެ އަދަދުތައް ކޮންޓްރޯލްކުރެވުންނަމަވެސް މިހާރު މިވަނީ ދީފައިވާ ލުއިތަކާއެކު ވަރަށް ބޮޑަށް ބަލި ފެތުރިފައި ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި މިހާރު އިތުރުވެފައިވާ އަދަދުތަކަކީ ކުރިން އަންދާޒާކުރިވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ. އެކަމަކު މި ސެޕްޓެމްބަރު މަހުގެ ތެރޭގައި މި އަދަދު ދަށްކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް