ads
ރައީސް ވަހީދު-- ފޮޓޯ: އަވަސް
ރައީސް ވަހީދު މިއަދު ފުލުހަށް ހާޒިރު ކުރަނީ
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އަނެއްކާވެސް ފުލުހަށް ހާޒިރު ވުމަށް އަންގައިފި އެވެ.

މައުލޫމާތު ލިބައިފައިވާ ގޮތުގައި ރައީސް ވަހީދަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 04:00 އަށެވެ.

މީގެ ކުރިންވެސް އޮގަސްޓް 30 ވަނަ ދުވަހު ރައިސް ވަހީދު ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމާއި ގުޅިގެން ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރިއިރު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އިތުރުފަރާތްތަކެއް ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. 

މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުގައި މާލޭގައި މާސްކް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ. ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރީ އެއްވުން ނިންމާލާ ވާހަކަ ދެއްކުމަށް މާސްކް ނަގައިގެން ހުރުމުން ނެވެ. އަދި ރައީސް ވަހީދު ވަނީ މީގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން މާސްކް ނެގީ ކުޑަ ވަގުތުކޮޅަކަށް ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުންވެސް އިދިކޮޅު އެއްވުމުގައި މާސްކް ނަގައިގެން ހަރަކާތްތެރިވުމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ ޖުރިމަނާކޮށްފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ސިޔާސީ ހަރަކާތްތައް ހިންގާފައިވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓިތައް ޖުރިމަނާވެސް ކޮށްފައެވެ. އަދި އިދިކޮޅުގެ އިސްފަރާތްތަކަށް އީސީން ވަނީ ނަސޭހަތްވެސް ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް