ads
މަހްލޫފު އަދި އާޒިމް--
އާޒިމްގެ ހޫނު ރައްދެއް އަނެއްކާވެސް މަހްލޫފަށް
ކުޅިވަރުގެ ތެރެއަށް ސަރުކާރުންނާއި މަޖިލީހުން ވަންނަންޏާ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވި ވިދާޅުވުމަށް، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އަނެއްކާވެސް ހޫނު ރައްދެއް ދެއްވައިފިއެވެ.

އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ، ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ވިދާޅުވެ ބިރު ދައްކާނަމަ މި ހިންގަނީ ދައުލަތެއްތޯ ސުވާލު އުފައްދަވައިފަ އެވެ. އާޒިމް މިހެން ވިދާޅުވެފައިވަނީ މަހްލޫފު މި ފަހުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކާއި ގުޅޭ ގޮތުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކުޅިވަރު ވަޒީރު މަހުލޫފު އިއްޔެ ވިދާޅުވެފައިވަނީ ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަ ކޯޓަށް ވެއްދުމުން ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. ޓީޓީ އިންތިހާބުގެ މައްސަލަ ހޫނުވެ، މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައެވެ. ޓީޓީގެ އިންތިހާބު މިއަދު ކުރިއަށް ގެންދިޔުމަށްވަނީ ތާވަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް