ads
ހަނިމާދޫ އެއާޕޯޓަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ ބޯޓެއް--
އިންޑިއާ ބޯޓުތަކުގެ ފޮޓޯ ނަގައިގެން މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
ހދ. ހަނިމާދޫއަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރީ ބޯޓުތަކުގެ ފޮޓޯ ނަގައިގެން ބަޔަކު ހައްޔަރު ކުރި ކަމަށް ފެތުރޭ ހަބަރު ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން ބުނީ އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް، ފޮޓޯ އާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށެވެ. 

ފުލުހުން ބުނީ އެފަދަ މައްސަލައެއްގައި ބަޔަކު ހައްޔަރު ނުކުރާ ކަމަށާއި، އެއްވެސް ކަހަލަ މުއާމަލާތެއް ވެސް ކޮށްފައި ނުވާނެ ކަމަށެވެ. 

އިންޑިއާ އަސްކަރީ ދެ ބޯޓު މިއަދު ހެނދުނު ރާއްޖެ އައީ ސިފައިންނާ ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބުނެފަ އެވެ. 

ހަނިމާދޫ އެއާޕޯޓުގެ ފަރާތުން ސީއެންއެމަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އެ ބޯޓުތައް އަންނަކަން ކުރިން އިނގޭ ކަމަށެވެ. އެކަމަކު ހަނިމާދޫ ކައުންސިލުން ބުނީ އެކަން އަންގާފައި ނުވާ ކަމަށެވެ. 

އޭގެ އިތުރުން ކޮވިޑް-19 ފެތުރެމުން ދަނިކޮށް އެ ބޯޓުތައް އައުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް