ads
ތަޅާލާފައިވާ ކަންގަނާގެ އޮފީސް-- ފޮޓޯ: އިންޑަލްޖް
ގަވާއިދާ ހިލާފަށް ހިންގާ ތަނެއް ކަމަށް ބުނެ ކަންގަނާގެ އޮފީސް ތަޅާލައިފި
މިމަހުގެ ނުވަ ވަނަ ދުވަހު މުމްބާއީއަށް އެނބުރި އަންނާނެ ކަމަށް އިއުލާން ކޮށްފައިވަނިކޮށް ކަންގަނާގެ ކޮވިޑް-19 ޓެސްޓް ފެއިލް ވެފައިވާތީ އަދި އިތުރު ދަުވަސްތަކެއްގައި ހިމާޝަލް ޕަރްދޭޝްގައި އޭނާ ވަނީ މަޑުކޮށްފައެވެ.

އަދި ކަންގަނާގެ ޓެސްޓް ފެއިލްވެ އަލުން ސާމްޕަލް ނަގަންޖެހިފައި ވާތީ މުމްބާއީއަށް އޭނަ އައިސްފައިވަނީ ކޮވިޑް ޓެސްޓް ރިޒަލްޓް ލިބި ނެގެޓިވް ވުމުން އިއްޔެ އެވެ. އެހެން ނަމަވެސް އޭނަ މުމްބާއީއަށް އައުމަށް ފްލައިޓްގައި އިންދާ އިއްޔެ ވަަނީ ގަވާއިދާ ހިލާފަށް ހިންގާ ތަނެއް ކަމަށް ބުނެ އޭނާގެ އޮފީސް އެއްކޮށް ތަޅާލާފައެވެ. 

your imageތަޅާލާފައިވާ ކަންގަނާގެ އޮފީސް-- ފޮޓޯ: ސަވަރްޖަޔާ

އެކަމާއި ގުޅިގެން އޭނަގެ ވަކީލް ބުނެފައިވަނީ އެތަނުގައި ގަވާއިދާ ހިލާފް އެއްވެސް ކަމެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށާއި އަދި އެތަނަކީ ގަވާއިދާ ހިލާފަށް ހިންގާ ތަނެއް ވެސް ނޫން ކަމަށެވެ. އޮފީސް ތަޅާލުމުގެ ނޯޓިސް ވެސް ނުދީ ކުއްލިއަކަށް އެ އޮފީސް ސަރުކާރުން ތަޅާލަން މަސައްކަތް ކުރަމުންދާތީ ކަންގަނާގެ ލޯޔަރު ވަނީ އެތަން ތަޅާލުން ހުއްޓުވުމަށް އަމުރެއް ނެރެދިނުމަށް އެވަގުތު ކޯޓަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ކޯޓުން އެއަމުރު ނެރުމުގެ ކުރިން އަދި ކޯޓުގެ އަމުރަކަށް މަޑުކުރުމެއްވެސް ނެތި އަވަސް އަރުވާލައިގެން ސަރުކާރުން އެތަން ވަނީ ތަޅާލާފައެވެ.

your imageތަޅާލާފައިވާ ކަންގަނާގެ އޮފީސް-- ފޮޓޯ: އިންޑަލްޖް

އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އާއްމުން ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެކަމާއި ގުޅިގެން ކަންގަނާ އިއްޔެ ބުނެފައިވަނީ އޭނަ ދައްކަމުން އައީ ތެދުވާހަކަތަކެއްކަން މިއަދު ސަރުކާރުން ޔަގީންކޮށްދީފި ކަމަށެވެ. އަދި ޑެމޮކްރަސީ ވަނީ މަރުވެފައި ކަމަށެވެ. ކަންގަނާ ބުނީ މިއަދު ތަޅާލާފައިވަނީ އޭނާގެ އޮފީސް ކަމަށާއި މާދަމާ ގެވެސް ތަޅާލުމަށް އެދޭ ކަމަށެވެ. އަދި ވެގެން ވަންޏާ އޭނަވެސް މަރާލަންވީ ކަމަށެވެ. އެކަމަކު ދުނިޔޭގައި ހުރިހާ ހިނދަކު އޭނަ އިންސާފަށްޓަކައި ކުރާ ތެދުވެރި މަސައްކަތް ހުއްޓާ ނުލެވޭނެ ކަމަށް ބުނެފައި ވެއެވެ.

މީގެ ދުވަސްތަކެއް ކުރިން ކަންގަނާއާއި އިންޑިއާގެ ސިޔާސީ ޕާޓީއެއްގެ ބޭފުޅަކާއި ދެމެދު ވަނީ މައްސަަލަތަކެއް ޖެހިފައެވެ. ކަންގަނާވެސް އަދި އާއްމުންވެސް ބުނަމުންދަނީ ގަވާއިދާ ހިލާފަށް ހިންގާ ތަނެއް ކަމަށް ބުނެ ކަންގަނާގެ އޮފީސް ތަޅާލާފައިވަނީ ވެސް އެކަމުގެ ސަބަބުން ކަންގަނާގެ ކިބައިން ބަދަލުހިފުމުގެ ގޮތުން ކަމަށެވެ.

ކަންގަނާއާއި ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކާއި ދޭތެރޭ މައްސަލަތަކެއް ޖެހިފައި މިވަނީ ޝުޝާންތުގެ މަރުގެ މައްސަލައިގައި ހުއްޓުމެއް ނެތި އަޑުއުފުލަމުން ދާތީއާއި ބޮލީވުޑްގެ އެތެރޭގައި ހިނގާ ޑްރަގްސްގެ ކަންތައްތަކެއް ފަޅާއަރުވާލައި އެކަމާއި ގުޅިގެން ފުލުހުންނަށް ހުރިހާ ތަފްސީލްތަކެއް ދޭން ތައްޔާރަށް ހުރި ކަމަށް ކަންގަނާ ބުނި ފަހުންނެވެ. އޭގެ ފަހުން ސިޔާސީ ޕާޓީއެއްގެ ބޭފުޅަކު ބުނެފައި ވަނީ ކަންގަނާ އަކީ އެއްވެސް ލަދެއްނެތް މޮޔައެއް ކަމަށެވެ. އެކަމާއި ގުޅިގެން ކަންގަނާ ވަނީ އޭނައަށް ރައްދުވެސް ދީފައެވެ. އަދި މުމްބާއީއަށް އައުމަށްފަހު ދެންވާ ގޮތެއް ބަލަން ހުރުމަށްވެސް އޭރު ކަންގަނާ ބުނެފައިވެއެވެ. އެހެންނަމަވެސް އޭނަ މުމްބާއީއަށް އައުމުގެ ކުރިން އިއްޔެވަނީ އޮފީސް ތަޅާލާފައެވެ.

ކަންގަނާ އިއްޔެ މުމްބާއީއަށް އެނބުރި އައިސްފައިވާއިރު އޭނާއަށް ސަޕޯޓްކުރާ އެތައް ހާސް ބަޔަކު ވަނީ އެއާޕޯޓް ސަރަހައްދަށް ޖަމާވެފައެވެ. ކަންގަނާ މުމްބާއީއަށް އަންނައިރު އެންމެ މަތީ ބޭފުޅުންނަށްދޭ ހާއްސަ ސިފައިންގެ ސެކިއުރިޓީ ދޭން ނިންމާފައިވާ ނިންމުމާއި ގުޅިގެން އިއްޔެ އޭނަ މުމްބާއީއަށް އައިއިރު ވަށައިގެން ފުލުހުން ސެކިއުރިޓީ ބަަލަހައްޓަމުން ދިއައެވެ. 

your imageމުމްބާއީ އެނބުރި އައިއިރު ކަންގަނާއަށް ސެކިއުރިޓީ ދިނުމަށް ހަމަޖައްސާފައިވާ ސިފައިން ސެކްއުރިޓީ ދެނީ-- ފޮޓޯ: އިންޑިއާ ޓްޑޭ

މީގެ އިތުރުން ކަންގަނާގެ ގޭގެ ސެކިއުރިޓީ ބެލެހެއްޓުމާއި އޭނާއަށް ހާއްސަ ދޭއް ނުވަތަ ތިން ޕާސަނަލް ސެކިއުރިޓީން އަބަދުވެސް ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކަންގަނާއަކީ އެފަދަ ސެކިއުރިޓީއެއް ލިބޭ ފުރަތަމަ ބޮލީވުޑް އެކްޓަރެސްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް