ads
އައިޖީއެމްއެޗްގެ ނަރުހުން---ފޮޓޯ:ރާއްޖެއެމްވީ
ގިނަ އަަދަދެއްގެ ދިވެހި ނަރުހުން ހޯދަނީ
ގިނަ އަަދަދެއްގެ ދިވެހި ނަރުހުން ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމާއި ގުޅޭ ގޮތުން ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ރަޖިސްޓާޑް، ސީނިއާ ރަޖިސްޓާޑް އަދި ކްލިނިކަލް ނަރުހުން ބޭނުންވާ ކަމަށެވެ. 

އެގޮތުން ހެލްތް މިނިސްޓްރީން އިއުލާނު ކޮށްފައިވަނީ 42 ނަރުހުން ހޯދުމަށެވެ. އެއީ ކ. ތުލުސްދޫ ސިއްހީ މަރުކަޒަށް ހަތް ނަރުހުން، ކ. ދިއްފުށީ ސިއްހީ މަރުކަޒަށް ތިން ނަރުހުން، ކ. ގާފަރު ސިއްހީ މަރުކަޒަށް ތިން ނަރުހުން، ކ. ކާށިދޫ ސިއްހީ މަރުކަޒަށް ތިން ނަރުހުން، ކ. ހިންމަފުށީ ސިއްހީ މަރުކަޒަށް ހަތް ނަރުހުން، ކ. ހުރާ ސިއްހީ މަރުކަޒަށް ދެ ނަރުހުން، ކ. މާފުށީ ސިއްހީ މަރުކަޒަށް ހަ ނަރުހުން، ކ. ގުޅީ ސިއްހީ މަރުކަޒަށް ތިން ނަރުހުން އަދި ކ. ގުރާ ސިއްހީ މަރުކަޒަށް އަށް ނަރުހުންނެވެ. 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 23 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން އިއުލާނު ކޮށްފައިވާ ސިއްހީ މަރުކަޒުތަކަށް ހުށަހެޅުމަށްވެސް އިއުލާނުގައި ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް