ads
އިދިކޮޅުން ބާއްވާ ސައިކަލު ބުރުގެ ތެރެއިން--
އިދިކޮޅުން ސައިކަލު ބުރެއް ބާއްވަނީ
އިދިކޮޅު ކޯލިޝަނުން އަނެއްކާ ވެސް މާލޭގައި ސައިކަލު ބުރެއް ބާއްވަން ނިންމައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު، އެ ސައިކަލު ބުރު މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު މިއަދު އެކަމާއި ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.

ސައިކަލު ބުރު އޮންނަކަން ފުލުހުންނަށް އެންގިގެން އިސްކަންދަރު ކޮށީގައި އެ ދެބޭފުޅުންނާއި ބައްދަލުކުރެއްވިއިރު އެ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ، ސައިކަލު ބުރު ނުބޭއްވުމަށް ފުލުހުން އެދުން ކަމަށެވެ. 

އެކަމަކު ގާނޫނީ އިމުގެ ތެރެއިން އިދިކޮޅުން މަސައްކަތް ކުރަމުން އަންނައިރު ކަންކަން ހިނގަމުން އަންނަ ގޮތާއި ގުޅިގެން އިދިކޮޅާ ވެސް ގިނަ ރައްޔިތުންތަކެއް ސުވާލުތައް ކުރިމަތިކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުން ތިބި ނިކަމެތި ހާލަތު ކިޔައިދިނުމަށް މަގުތަކަށް ނިކުމެ، ނޫންނަމަ ސޯޝަލް މީޑިއާގައި ވެސް އެކަން ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. 

ޝިޔާމް ވަނީ މިދަނޑިވަޅުގައި ވެސް ލިބޭ ހިލޭ އެހީތައް އެ ބޭފުޅުން ބައި އަޅައިގެން ހުސްކުރާ ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ. އަދި ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރާތީ ރައްޔިތުންގެ ނުތަނަވަސްކަން ހުރީ ވަރަށް މަތީގައި ކަމަށް ރައްޔިތުން ނުކުންނަނަމަ ޕީއެންސީ، ޕީޕީއެމް ނިކުންނާނެކަން ފާހަގަކުރެއްވި އެވެ. 

ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ޒުވާނުން އިސްނަގައިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް މާލޭގައި ސައިކަލު ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު އޭގައި ބައިވެރިވި އިދިކޮޅުގެ ބައެއް އިސްވެރިންތަކެއް ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކޮވިޑްގެ މިދަނޑިވަޅުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކާއެކު އެންމެ ގިނަވެގެން ވެސް އެއް ވެވެނީ ފަސް މީހުންނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް